ދިވެހިރާއްޖެ
އިޢުލާން
މި ކުންފުންޏަށް ތިރީގައި ތަފުސީލު ކުރެވިފައިވާ ސްޕީޑް ބޯޓް އިންޖީނާއެކު ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އިޢުލާން TCL/PROC-TA/2015/047 ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ދިގުމިން |
އަދަދު |
ތަފުސީލު |
# |
ދިގުމިނުގައި 5.48 މީޓަރާއި 6.25 މީޓަރާ ދެމެދުގެ (18 ފޫޓާއި 20 ފޫޓާ ދެމެދުގެ) |
1 |
ސްޕީޑް ބޯޓް، 4 ސްޓްރޯކް އައުޓްބޯޑް (60 ހޯސްޕަވަރ) އިންޖީނަކާއެކު |
1 |
ވީމާ، މަތީގައި ތަފުސީލު ކުރެވިފައިވާ ސްޕީޑް ބޯޓް އިންޖީނާއެކު ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ.
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުން |
ޓީސީއެލް ހެޑް އޮފީސް |
03 ދުވަސް (ރަސްމީ) |
21 ޖަނަވަރީ 2016 އިން 25 ޖަނަވަރީ 2016 އަށް |
10:00 އިން 15:00 |
ބީލަން ފޮތް ދޫކުރުން |
ޓީސީއެލް ހެޑް އޮފީސް |
އަންގާރަ |
26 ޖަނަވަރީ 2016 |
10:00 އިން ފެށިގެން |
ޕްރީ ބިޑް މީޓިންގ |
ޓީސީއެލް ހެޑް އޮފީސް |
އާދީއްތަ |
31 ޖަނަވަރީ 2016 |
10:30 ގައި |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
ބުދަ |
03 ފެބްރުއަރީ 2016 |
10:30 ގައި |
- ބީލަން ހުށަހަޅާއިރު މަދުވެގެން -/10,000 (ދިހަ ހާސް) ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބޭންކް ގެރެންޓީގެ މުއްދަތަކީ 90 ދުވަހެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމާ ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ހުށަހަޅާފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންއަށްް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
11 ރަބީޢުލްއާޚިރު 1437