ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC/308/2026/04
ފުޓްސަލް ދަނޑު މަރާމާތުކުރުމަށް، 2025 ވަނަ އަހަރު މިކައުންސިލުން ޙަވާލުކުރި ފަރާތާއި، ޙަވާލުކުރި މަސައްކަތްތަކުގެތެރެއިން ބައެއް މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް ނިންމާފައިނުވާތީ، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ފެންސް މަރާމާތުކުރުން
- ދަނޑުގެ މައި ދޮރާއްޓާއި ދިމާ ފެންސްގެ ފްރޭމްގައި ހޮޅި މަދުވާ ސަރަޙައްދުގައި '2 އިންޗި ދަގަނޑު ހޮޅި އެޅުން.
- ފެންސްގެ ދެކުނުކޮޅުގެ ތޭރިތަކާއި ގުޅުވައި، ތޭރިތަކުގެ ހޮޅިތައް ހިފެހެއްޓޭނޭހެން ތިރިން ބައި އިންޗި ހޮޅިއެއް ވެލްޑްކުރުން. ތިރިން އަޅާ ހޮޅި އާއި ތޭރީގައި ކޮޅަށް ހުރި، ހުރިހާ ހޮޅިއެއް ގުޅޭނެހެން ވެލްޑްކުރުން.
- ދަނޑުގެ ހުޅަނގުދެކުނު ކަނުން ކަނޑާފައިވާ ދޮރުގެ ދޮރުފަތް، 1.5 އިންޗީގެ ދަގަނޑު ހޮޅިން ހަދާ ހަރުކޮށް ތަޅުލުމާއި ދޮރުފަތުގައި ފެންސާއި އެއްކުލައިން ދަވާދުލުން. މިދޮރުފަތް ހަރުކުރަންވާނީ ނައްޓާލައިގެން ނުނެގޭގޮތަށެވެ.
- ބެންޗްތަކުގައި ހުދު ދަވާދުލުން.
ރޮސްޓްރަމް ޢިމާރާތް
- ރޮސްޓްރަމްގެ ދެފާޚާނާގެ ފާރުތަކުގައި، މުށި ނުޖަހާ ހުރި ސަރަޙައްދުތަކުގައި، ސީލިންގއާ ހަމައަށް މުށިޖެހުން.
- ކައުންސިލުން ފޯރުކޮށްދޭ ދޮރާއި ދޮރުފަތް، ފަސްޓް ފްލޯގެ ސްޓޯރ ރޫމްގައި ހަރުކޮށް ތަޅު ހަރުކުރުން.
- ފުރާޅުގެ އުތުރާއި ދެކުނު ފަރާތުގެ ފިނިޝިންގ ހެދުމާއި ދިޔަދޮވި އެޅުވުން.
- ސިޑީގެ ހަރުފަތްތައް އިސްކުރުޖަހާ ހަރުކުރުމާއި ހަރުފަތްތަކުގެ ލަކުޑިތަކުގައި ދަވާދުލުން.
ކަރަންޓް ވައިރިން
- ދަނޑުގެ ކޮންމެ ލައިޓް ޕޯސްޓަކަށް، އިތުރު 44ގެ ޓޫކޯ ކޭބަލްއެޅުމާއި ކައުންސިލުންދޭ ލައިޓުއެޅުވުމާއި ކަރަންޓް ވައިރުކުރުން.
- ރެސްޓްރޮމްގެ ކަރަންޓް ވައިރިން: 15އޕގެ 2 ސޮކެޓާއި، 13އޕގެ 4 މަލްޓި ސޮކެޓް ހަރުކުރުން.
- ޕްރެސްރޫމްގެ ކަރަންޓް ވައިރިން: 2 ސީލިންގމައުންޓް އޮބިޓަލް ފޭން، 13އޕގެ 6 މަލްޓިސޮކެޓް، 15އޕގެ 1 ސޮކެޓް، 4 ސީލިންގމައުންޓް ޑޭލައިޓް.
- ދެޗޭންޖިންގ ރޫމުގެ ކަރަންޓް ވައިރިން: 15އޕ 2 ސޮކެޓް ހަރުކޮށް ކަރަންޓް ވައިރުކުރުން.
- ޕިޗުގެ ކަރަންޓް ވައިރިން: އިރުމަތީ ފެންސްގެ މެދުގައި 15އޕގެ 2 ސޮކެޓް ހަރުކުރުން.
- ސަބްޑީބޯޑާއެކު ބޭނުންވާ ތަކެތި: 32އޕގެ 1 އީއެލްސީބީ، 32އޕގެ 2ޕޯޓް 1އީއެލްސީބީ، 10އޕގެ 9އެމްސީބީ، 16އޕގެ 5އެމްސީބީ، 6އޕގެ 4އެމްސީބީ.
ޕިޗު ތައްޔާރުކުރުން
- ވިދުވަރު ބޯޅަގޭގައި ހުރިތަނުން 50 ބަސްތާ ރަބަރު، ފުޓްސަލް ދަނޑަށްއަޅައި ބްރަޝްކުރުން.
- ދަނޑުގެ ހުޅަނގު ދެކުނު ކަނުގައި ނަރުދަމާ ކާނު ކޮންކްރިޓުން ހެދުމާއި އޭގެ މަތިގަނޑު ހެދުމާއި، އެސަރަޙައްދުގައި ތަޅުން ނާޅަ އޮތްބައިގައި ތަޅުންއަޅައި ރަތްކުލައިގެ ފްލޯރ ޕެއިންޓްލުން.
- ރޮސްޓްރަމްގެ ފާޚާނާތަކަށް ފެނާއި ނަރުދަމާގުޅުން.
|
ރަޖިސްޓްރީކުރުން |
2026 ޖުލައި 01 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
|
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2026 ޖުލައި 01 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
|
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"ފުޓްސަލްދަނޑުގައި ނުނިމި ހުރި މަސައްކަތްތައްކުރުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.
- ޓެކްސް ކުލިއަރެންސް ރިޕޯޓް.
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު: އަށްޑިހަ އިންސައްތަ
- ތަޖުރިބާ: ދިހަ އިންސައްތަ
- މުއްދަތު: ދިހަ އިންސައްތަ
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
- ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
- ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.