ދިވެހިރާއްޖެ
ގދ. މަޑަވެލި އެކި ގޯތި ތަކުގައި އިންދާ ހައްދާފައިވާ ރުއްތަކުގެ ފަނުގެ ސަބަބުން އަދި މަގުމައްޗަށް ވާގޮތަށް ހުރި އަނބުގަސްތަކާއި،އެކިއެކި ގަސްތަކުގެ ގޮފިތަކާއި އަދި ގޯތިތަކުގެ މަގުމައްޗަށް ވާގޮތަށް ހައްދާފައިވާ ގަސްތަކުގެ ސަބަބުން މަގުތަކުގައި ޖަހާފައިވާ މަގުބައްތި ތަކުގެ ލައިޓްތަކުގެ އަލި މަގުމައްޗަށް ފޯރަންޖެހޭ ވަރަށް ނުފޯރާކަމުގެ ޝަކުވާ އަދި މަގުތަކުގައި ހިނގާއުޅޭ ފަރާތްތަކަށާއި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ނުހަނު ގިނަ އުނދަގޫތަކާއި ކުރިމަތި ވާކަމުގެ ޝަކުވާ މިއިދާރާއަށް ލިބެމުން އެބަދެއެވެ.
ވުމާއިއެކު،ގޯތިތަކުގައި އިންދާ ހައްދާފައިވާ ގަސްތަކާއި ރުއްތަކުގެ ފަންތަކާއި މަގުމައްޗަށް ވާގޮތަށް ހުރި އަނބުގަސްތަކާއި އެކިއެކި ގަސްތަކުގެ ގޮފިތައް އަދި ގޯތިތަކުގެ މަގުމައްޗަށް ވާގޮތަށް ހައްދާފައިވާ ގަސްތައް، އެގޯތި ތަކުގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ކޮށާ ސާފުކޮށް މަގުމައްޗަށް އަލި ކުރުމަށް މަގުތަކުގައި ޖަހާފައިވާ ލައިޓް ތަކުގެ އަލި ފުރިހަމައަށް ލިބޭނެ ގޮތަކަށް ޢަމަލުކުރުމަށް ދަންނަވަމެވެ.
01 މަސްދުވަހުގެ ފަހުން މަގުމައްޗަށް ވާގޮތަށް ހައްދާފައިވާ ގަސްތަކުގެ ތެރެއިން ލައިޓްތަކުގެ އަލި ނުފޯރާ ގޮތަށް ހުރި ރުއްތަކުގެ ފަންތަކާއި އެކި ގަސްތަކުގެ ގޮފިތައް ހުރި މަގުތައް މިއިދާރާއިން ފާހަނގަކޮށް، މިއިދާރާ އާއި މަޑަވެލި ޕޮލިސް އަދި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން އެގަސްތައް ކޮށާ ސާފުކުރަމުން ގެންދާނެ ކަމުގެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަދި މިގޮތަށް ސާފުކުރުމުގެ ތެރޭގައި ޢާންމު ފަރާތްތަކަށް ލިބޭ އެއްވެސް ގެއްލުމުގެ ޒިންމާއެއް މިއިދާރާއިން ނުނަގާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.