ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-C/381/2026/40
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 21:20
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިގެދޮރުގައި މަގުމައްޗަށް ހުންނަ ގަސްތަކުގެ އޮފިތައް ކޮށުމާއި ގުޅޭ:

                 މިފަހަކަށް އައިސް މިރަށުގެ ގޯތިގެދޮރުގައި ހައްދާފައިވާ ގަސްތައް ބޮޑެތިވެ، ގަސްތަކުގެ އޮފިތައް މަގުމައްޗަށްވާ ގޮތަށް ބޭރަށް ނުކުމެ ހިނގާބިނގާވެއުޅޭ މީހުންގެ ބޮލުގައި ޖެހޭވަރަށް ތިރިވަމުންދާކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ އޮފިތައް ހިފެހެއްޓުމަށްޓަކައި މަގުމައްޗާއި ދުވާރުމަތީގައި ދަނޑިބުރިތައް ވިއްދައިގެން އޮފިތައްހިއްލާފައި ހުންނަކަންވެސް ފާހަގަކުރެވެއެވެ. މަގުމައްޗަށް ނުކުމެފައިވާ އޮފިތައް ދަނޑިބުރި ވިއްދައިގެން ހިއްލުމުގެ ބަދަލުގައި އެފަދަ އޮފިތައް ކޮށައި ކަނޑާލުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. މަގުމަތީގައި ދަނޑިބުރި ވިއްދައިގެން އޮފިތައް ހިފެހެއްޓުމަކީ އޭގެ ސަބަބުން ހިނގާބިނގާވެ އުޅޭމީހުނަށާއި ދުއްވާ އެއްޗެއްސަށް ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެކަމެކެވެ.  

                 ވީމާ މިފަދަ ކަންކަމުން ދިމާވެދާނެ ހިތާމަވެރި ހާދިސާއަކަށް ވިސްނައި މިބާވަތުގެ ކަންކަން ނުކުރުމަށާއި، މަގުމައްޗައް ނުކުމެފައިވާ ގަސްގަހުގެ އޮފިތައް ކޮށައި މަގުތައް ސާފުކޮށް ބެލެހެއްޓުމަށް އެންމެހައި ރައްޔިތުންނަށް އަންގައި ހަނދާންކޮށްދެމެވެ. އަދި މިގޮތަށް ކޮށާލެވޭ އޮފިތަކާއި ކުނި އުކާލުމުގައި ކައުންސިލްގެ ފަރާތުން އެއްބާރުލުން ލިބޭނެވާހަކަ ދަންނަވަމެވެ.

                 މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

21 ޖޫން 2026