ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-C/381/2026/39
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 21:12
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން، ކުނި އެޅުމަށް ގޭގެއަށް ދޫކޮށްފައިވާ ގޯނިތަށް އެހެން ބޭނުންތަކަށް ބޭނުންކުރުމާއި ގުޅޭ:
މިހާރަކަށް އައިސް ކުޑަހުވަދޫ ކައުންސިލް އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ގޭގެއަށް ކުނިއެޅުމަށްޓަކައި ދޫކުރަމުންދާ ގޯނި ބައެއް ފަރާތްތަކުން އަމިއްލަ އެކި ބޭނުންތަކުގައި ބޭނުން ކުރަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ގޯނި ދޫކުރުމުގެ މައިގަނޑު މަޤްސަދަކީ ރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގޭގެއިން އުފެދޭ ކުނި ރައްކާތެރިކަމާއެކު އުކާލުމެވެ. އެހެންކަމުން މި ގޯނި ތަކަކީ ހަމައެކަނި ކުނިއެޅުމަށް ޚާއްސަކުރެވިފައިވާ އެއްޗަކަށްވާތީ، ކުނި އެޅުން ފިޔަވައި އަމިއްލަ އެހެން އެއްވެސް ބޭނުމެއްގައި މި ގޯނިތައް ބޭނުން ނުކުރެއްވުމަށް އަންގާ ހަނދާންކޮށްދެމެވެ.
މިކަމުގައި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މި ކައުންސިލުން ޝުކުރު ދަންނަވަމެވެ.
21 ޖޫން 2026