ދިވެހިރާއްޖެ
އިޢްލާން
ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް މިނިވަން 26 - 2026
ދ.މާއެނބޫދޫ ކައުންސިލް ފުޓްސަލް މުބާރާތް މިނިވަން 26 - 2026 ގެ ނަމުގައި (އަންހެން/ފިރިހެން) ދެ ޑިވިޝަނަށް ވަކިން ފުޓްސަލް މުބާރާތެއް ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް -/15000 (ފަނަރަހާސް ރުފިޔާ) އަދި ރަނައަޕް ޓީމަށް -/7000 (ހަތްހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖައްސާފައެވެ.
މި މުބާރާތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޓީމުތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތު 2026 ޖޫން 30 ވާ އަންގާރަ ދުވަހުގެ 13:00 އަށް ފުރުޞަތު ހުޅުވާ ލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ޓީމުތަކުގެ ލިސްޓް ހުށަހެޅުން 2026 ޖުލައި 20 ވާ ހޯމަ ދުވަހުގެ 13:00 އާ ހަމައަށް ފުރުޞަތު ހުޅުވާ ލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމާއި، މުބާރާތުގެ ޤަވާޢިދު އިޢްލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.