|
- ކުންފުނީގެ ޑިޕާޓްމަންޓްތަކަށް ޤާނޫނީ ލަފާ ދިނުމާއި ކުންފުނީގެ ކޮމެޓީތަކުން އެދިއްޖެ ހިނދެއްގައި ކޮމެޓީތަކަށް ޤާނޫނީ ލަފާދިނުން.
- ކުންފުންޏަށް ރައްދުވާ އަދި ކުންފުނިން ދައުވާކުރާ މައްސަލަތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްެރައިބިއުނަލްތަކުގައި ކުންފުނި ތަމްސީލްކުރުން.
- ކުންފުނީގެ ފަރާތުން ސޮއިކުރާ އެންމެހައި އެއްބަސްވުންތަކާއި އެމް.އޯ.ޔޫ ތައް ހެދުމާއި ރިވިއުކުރުން.
- އެއްބަސްވުންތަކާއި ގުޅޭގޮތުން އުފެދޭ އެންމެހައި ދެބަސްވުންތައް މީޑިއޭޓްކޮށް ކުންފުންޏަށް އެންމެ ފައިދާވާނެގޮތަށް ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި އެކަމަށް ބޭނުންވާ ލަފާ ދިނުން.
- ކުންފުނި ޕޮލިސީ ރިވިއުކޮށް އަލަށް ހެދޭ ޤާނޫނުތަކާއި އެއްގޮތަށްް ވިލަރެސް ކުރުން.
- ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި، ބޭރުގެ ފަރާތްތަކާއެކު ކުރެވޭ އެކި ބާވަތުގެ ކޮންޓްރެކްޓްތަކާއި ޤާނޫނީ ލިޔެކިޔުންތައް އެކުލަވައިލުމާއި، މުރާޖަޢާކުރުން.
|