މަސައްކަތް
ނަންބަރު: (IUL)369-MS/369/2016/3
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 26 ޖަނަވަރީ 2016 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

1 ފެބުރުވަރީ 2016 އިން ފެށިގެން 31 ޑިސެންބަރު 2016 ވަނައަހަރުގެ ނިޔަލަށް މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، 2016 ވަނައަހަރު މިއިދާރާގެ ގޯތިތެރެއާއި، މ.މަޑުއްވަރީ ކައުންސިލް އިދާރާއާ، އީސެންޓަރ ހިމެނޭ ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ރަސްމީ ދުވަސްތަކުގައާއި، ބަންދުދުވަސްތަކުގައި ހަވީރު 6:00 އިން ހެނދުނު 6:00 އަށް (12ގަނޑި އިރަށް) ސެކިއުރިޓީ ބަލަހައްޓައިދެވިދާނެ ފަރާތްތަކުން 26 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މަޤްބޫލް އުޒުރަކާއެކު މަޢްލޫމާތު ސާފުކުރުމަށާ،އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުއްވާނަމަ ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ.ކާޑުގެ ފޮޓޯކޮޕީއަކާއެކު ސިޓީ ހުށަހެޅުމަށް ދަންނަވަމެވެ. މަސައްކަތުގެ އަގު ދެވޭނެ އެންމެ ބޮޑު އަގުކަމަށް ލިޔުމުން ދެވޭ މަޢުލޫމާތުގައިވާ އަގަށްވުރެ ބޮޑު އަގެއް ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މީގެއިތުރުން މިކަމަށް އެދޭ ފަރާތްތަކުން އަންދާސީހިސާބާއެކު ތިރީގައި މިދަންނަވާ ލިޔެކިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

އެދޭމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)

މިދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، އެހެނިހެން ގޮތްގޮތުންވެސް ލިބިފައިވާ ލިޔުމުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

07 ރަބީޢުލްއާޚިރު 1437

17 ޖަނަވަރީ 2016