|
ވަޒީފާގެ ފުރުޞަތު
|
ނަންބަރު: / RDO-CHOMV-2026-0508
|
|
ތާރީޚް: 21 ޖޫން 2026
|
|
މަޤާމު:
|
ޕްރޮޖެކްޓް ކޮންސަލްޓަންޓް- ލޯކަލް ލިއޭޒަން
|
ބޭނުންވާ އަދަދު:
|
01
|
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް
|
|
ކޮންޓްރެކްޓް މުއްދަތު:
|
2 އަހަރު (ވަގުތީ)
|
|
މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު
|
ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް
|
|
މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު
|
ޕާރޓް ޓައިމް- މަސައްކަތްކުރާ ކޮންމެ މަހަކު 90 ގަޑިއިރު
|
|
އުޖޫރަ
|
މަހަކު10,000.00 ރުފިޔާ (ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ޕެންޝަން ފައިސާ އުނިކުރެވޭނެއެވެ.)
|
އެހެނިހެން އިނާޔަތްތައް:
|
ސާރވިސް އެލަވަންސް: 10،000.00 ރުފިޔާ
ފީލްޑް އެލަވަންސް: 5،000.00 ރުފިޔާ
|
|
ޕްރޮޖެކްޓްގެ ތަފްޞީލް
|
މި ޕްރޮޖެކްޓަކީ "ޖީ.އީ.އެފް-8 ކްލީން އެންޑް ހެލްތީ އޯޝަން އިންޓަގްރޭޓަޑް ޕްރޮގްރާމް" (ސީ.އެޗް.އޯ އައި.ޕީ) ގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ރާއްޖޭގައި ހިންގާ ފަސް އަހަރު ދުވަހުގެ މަޝްރޫޢެކެވެ. "ސަސްޓެއިނަބަލް ނައިޓްރޯޖަން މެނޭޖްމަންޓް ފޯ އަ ކްލީން އެންޑް ހެލްތީ އޯޝަން: މޯލްޑިވްސް އޭޒް އަ ސިޑްސް ރީޖަނަލް ކެޓަލިސްޓް" ނަމުގައި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ ބެލުމުގެ ދަށުން މިޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި އިނގިރޭސިވިލާތުގެ ސެންޓަރ ފޯ އިކޮލޮޖީ އެންޑް ހައިޑްރޮލޮޖީ ގުޅިގެންނެވެ. މިޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ލޮނުގަނޑުން އޮކްސިޖަން މަދުވުމުގެ (marine hypoxia) މައްސަލައަށް ހައްލެއް ހޯދުމާއި، އެއްގަމުން ކަނޑަށް ދައުރުވާ ނައިޓްރޯޖަން އާއި ފޮސްފަރަސް ފަދަ ތަޣައްޔަރުކުރުވާ މާއްދާތައް މަދުކުރުމަށް އިންގިލާބީ ބަދަލުތަކެއް ގެނެވިދާނެ ގޮތްތައް ހޯދުމެވެ. މީގެ ތެރޭގައި ދަނޑުވެރިކަމާއި، ސިނާއީ މަސައްކަތްތަކާއި، އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ބޭރުވާ ނޭދެވޭ މާއްދާތައް، 'ސޯސް-ޓޫ-ސީ' (Source-to-Sea) ނުވަތަ ފެށޭ ތަނުން ފެށިގެން ކަނޑާ ހަމައަށް ބަލަހައްޓާ އުސޫލަކުން މެނޭޖްކުރުން ހިމެނެއެވެ. މި މަޝްރޫއުގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި، 'ނޭޝަނަލް ނައިޓްރޯޖަން އެކްޝަން ޕްލޭން' އެކުލަވާލައި ގައުމީ ސިޔާސަތުތައް ވަރުގަދަކުރުމާއި، ނަރުދަމާއިން ކަނޑަށް ބޭރުކުރެވޭބައިން ދަނޑުވެރިކަމަށް ބޭނުންވާ މުއްސަނދި ކާނާ އުފެއްދުމުގެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ތަޣައްޔަރުކުރުވާ މާއްދާތަކާ ގުޅޭ ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމާއި ކަނޑުގެ މާހައުލަށް އަންނަ ބަދަލުތައް ސައިންޓިފިކްކޮށް ބަލައި ދެނެގަތުމުގެ ގާބިލުކަން އިތުރުކުރުން ހިމެނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- ތައުލީމުދިނުން، އުނގަންނައިދިނުން، މައުލޫމާތު ފޯރުކޮށްދިނުން، ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 9 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.، ނުވަތަ
- ތައުލީމުދިނުން، އުނގަންނައިދިނުން، މައުލޫމާތު ފޯރުކޮށްދިނުން، ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- މިޕްރޮޖެކްޓާއިގުޅުންހުރި އަދިޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕްރޮޖެކްޓުގެ ސްޓޭކްހޯލްޑަރ އެމްޕަވަމަންޓް އެންޑް އެވެއާނެސް ޙަރަކާތްތަކާގުޅޭ މަސައްކަތްތަކަށް ވިލަރެސްކޮށް، ތަންފީޒުކޮށް، ރިޕޯޓް އެކުލަވާލުން.
- ޕްރޮޖެކްޓު މައިގަނޑު ހަރަކާތްތައް ހިންގުމަށް ތޮއްޑޫގެ އެކި އެކި މުއައްސަސާތަކާއެކު ލިއޭޒަން ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން
- ޕްރޮޖެކްޓްގެ ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް މެނޭޖަރަށް ދޭންޖެހޭ އެހީތެރިކަންދިނުން.
- ކޮލަބޮރޭޓްކޮށްގެން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި އިދާރީ މަސައްކަތް ފެސިލިޓޭޓްކޮށް، ޕްރޮޖެކްޓްގެ ދާއިރާއާއި ގުޅުންހުރި ޕޮލިސީތަކާ ޕްރޮސީޖަރތައް ޕްރޮމޯޓްކުރުން.
- ޕްރޮޖެކްޓުގެ ފަރާތުން ރޭވިފައިވާ ތައުލީމާއި އުގަންނައިދިނުމާއި ގުޅުންހުރި ހަރަކާތްތައް (އެޑިއުކޭޝަން ކޮމްޕޯނެންޓު) ނިންމަންޖެހޭ ތާރީޙްތަކަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށް ތަންފީޒުކުރުން.
- ސްޓޭކްހޯލްޑަރ އެންގޭޖްމެންޓް ޕްލޭން އަދި އިންފޮމޭޝަން ޑިސެމިނޭށަން ޕްލޭން ހެދުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި އެމަސައްކަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.
- ޕްރޮޖެކްޓުގެ އިދާރީ އޮޑިޓު އަދި މާލީހިސާބުތައް އޮޑިޓުކުރުމުގައި އޮޑިޓާގުޅިގެން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.
- ރަނގަޅު ރެކޯޑް ރިޓެންޝަން ޕްރެކްޓިސްތައް ޕްރޮމޯޓްކުރުމަށްޓަކާ ގުޅުންހުރި ޕޮލިސީތަކާއި ލިއުންތައް ފަސޭހައިން ލިބޭނެގޮތް ހަމަޖައްސައި އަދި ޕޮލިސީތަކާއެއްގޮތަށް މަސައްކަތްކުރުން.
- ބޭނުންޖެހޭ ވަގުތުތަކުގައި ސެކްޝަންގެ ވެރިންގެ އިރުޝާދުގެ ދަށުން އިތުރު އިދާރީ މަސައްކަތްކުރުން އަދި ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ނަކަލު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު. ފޯމު ލިބިވަޑައިގަންނަވާނީ ތިރީގައިވާ ލިންކްއިން:
https://tinyurl.com/MNU-Job-Application-form-Dhv
|
|
އިތުރު މަޢުލޫމާތު:
|
- މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345424 ނަމްބަރު ފޯނަށެވެ.
|