ދިވެހިރާއްޖެ
އިޢުލާން
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން
ސުރުޚީގައި ދަންނަވާފައިވާ މިރަށު އިޖުތިމާޢީ ސަރަހައްދުތައް -/125000ރ (އެއްލައްކަ ފަންސަވީސްހާސް ރުފިޔާ) އަށް ވުރެ ބޮޑުނުވާގޮތަށް 1 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00އަށް ބުރުނީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބުރުނީ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ މަޢުލޫމާތު ސާފުކުރާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ރަބީޢުލްއާޚިރު 1437