ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2026/60
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި:
30 ޖޫން 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމުގެ މުއްދަތު އިތުރުކުރުން
މިއިދާރާގެ ނަންބަރ (IUL)417-SED/417/2026/51 (9 ޖޫން 2026) އިޢުލާނާއި ގުޅިގެން ދަންނަވަމެވެ.
1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން 15 ޖޫން 2026 އާއި ހަމައަށް ގޭބިސީތަކުން ހަވާލުނުވެ ހުރި ކަދުރު، 22 ޖޫން 2026 ވާ ހޯމަ ދުވަހުން ފެށިގެން 30 ޖޫން 2026 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 13:00 އަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ލަފާދެއްވާފައިވާ ގޮތުގެ މަތިން މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި އަންނަ ފަރާތްތަކުގެ ތަރުތީބުން ލިބިފައިވާ ކަދުރު ހުސްވަންދެން ކަމުގައި ދަންނަވަމެވެ.
21 ޖޫން 2026