މަސައްކަތް
ނަންބަރު: GS-107/2016/02
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 27 ޖަނަވަރީ 2016 10:00
ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
ވަގުތީ ހަތަރު ކްލާސްރޫމް އެޅުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރީސްކޫލުގެ ކިޔެވުން ސްކޫލަށް ބަދަލުކުރެއްވުމާ ގުޅިގެން ވަގުތީ ހަތަރު ކްލާސްރޫމް އެޅުމާބެހޭ

މި ސްކޫލުގައި ވަގުތީ 4 ކްލާސްރޫމް އެޅުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ދުރުވާނަމަ، އެފަރާތުގެ ސިޓީއެއް އަދި ކުންފުންޏެއްނަމަ، އެ ކުންފުނީގެ ރަސްމީ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ގެންނަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެ ފަރާތަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

08 ރަބީޢުލްއާޚިރު 1437

18 ޖަނަވަރީ 2016