ނީލަން
ނަންބަރު: (IUL)DHAH/712/2026/21
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 27 ޖޫން 2026 13:00
ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ. އަތޮޅު ހޮސްޕިޓަލްގައި ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން.

އިޢުލާނު

މި ހޮސްޕިޓަލްގައި  ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން.

 

މިހޮސްޕިޓަލްގެ ނަންބަރު: (IUL)DHAH/712/2026/18 (03 ޖޫން 2026) އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ، އަލުން އެފުރުސަތު ހުޅުވާލަމެވެ. މި ތަކެތި  ނީލަންކިޔުން ކުރިއަށް ގެންދާނީ ލޮޓްތަކަށް ބަހާލެވިގެންނެވެ.  ނީލަން ކިޔުން ކުރިއަށް ދާނީ 28 ޖޫން 2026 ވަނަ ދުވަހު ހެނދުނު 10:00 ގައި  ހޮސްޕިޓަލްގެ ގޯތިތެރޭ، ލޯންޑްރީ ކުރިމަތީގައެވެ.

 

v     ނީލަމުން ނަންގަވާ ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމަށްފަހުގައެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ އޯ.ޕީ.ޑީ ކައުންޓަރުންނެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން އެންމެ ލަސްވެގެން 24 ގަޑިއިރު ތެރޭގައި ތަކެތި ގެންދަންވާނެއެވެ. ތަކެތި ނީލަން ކިޔުމަށްފަހު ނުގެންގޮސް ހޭދަވާ ވަގުތުގައި ތަކެއްޗަށް ލިބޭ ގެއްލުމަކަށް ހޮސްޕިޓަލުން ޒިންމާ ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

v     ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 28 ޖޫން 2026ގެ 14:00ގެ ކުރިން ހޮސްޕިޓަލްގެ ކައުންޓަރަށް ފައިސާ ދައްކައި ހަލާސް ކުރަންވާނެއެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެ ކަމުގައި ދަންނަވަމަވެ.

 

           

21 ޖޫން 2026

21 ޖޫން 2026