ދިވެހިރާއްޖެ
އިޢުލާން
މައިކްރޯސޮފްޓް 365 ބިޒްނަސް ބޭސިކް ލައިސަންސް އައުކުރުން
މި ބިއުރޯގައި ބޭނުންކުރަމުންދާ މައިކްރޯސޮފްޓް 365 ބިޒްނަސް ބޭސިކް ލައިސަންގެ، 60 ލައިސަންސް 1 އަހަރު ދުވަހަގެ މުއްދަތަށް އައުކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2026 ޖޫން 30 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯ ހިނގަމުންދާ ޢިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 8 ވަނަ ފަންގެފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. 2026 ޖޫން 28 ވަނަ ދުވަހުގެ 14:00 ކުރިން ތިރީގައި ދެންނެވިފައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި ބީލަމާބެހޭ މައުލޫމާތު ޝީޓް މިލިންކުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު 3008400 އަށް ގުޅުންވުން އެދެމެވެ.
ބިޑް ރަޖިސްޓްރޭޝަން ލިންކް. https://bids.stats.gov.mv
6 މުޙައްރަމް 1448
21 ޖޫން 2026