ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން
ސެކިއުރިޓީ ބެލެހެއްޓުމުގެ ގަވާއިދަށް ގެނެވުނު އިޞްލާޙަކާ ގުޅިގެން މި ސްކޫލުގެ ނަންބަރު IUL)GS-59-B/PRIV/2016/2) ގެ އިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
2016 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން 2016 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖަނަވަރީ 24 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖަނަވަރީ 27 ވާ ބުދަ ދުވަހުގެ 10:30 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7782218 ނަންބަރާ ގުޅުއްވުން އެދެމެވެ.
8 ރަބީޢުލްއާޚިރު 1437