ކުއްޔަށް ދިނުން
ނަންބަރު: (IUL)295-PR/295/2026/42
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 25 ޖޫން 2026 12:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ހޮޅުމީދޫ ރުއްގަނޑު، ރަށް ބެލެހެއްޓުމާއެކު ކުއްޔަށް ދޫކުރުން

އިޢުލާން

ނ. ހޮޅުމީދޫ ރުއްގަނޑު ރަށް ބެލެހެއްޓުމާއެކު 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން
ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މި އިދާރާގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުން ކުރިއަށްދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރޮޕޯސަލް ހުށަހެޅުން
ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ޕްރޮޕޯސަލް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ޕްރޮޕޯސަލް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ ވެރިފަރާތުގެ އިއުތިރާޟެއް ނެތް ކަމުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

ޕްރޮޕޯސަލްތައް ކެނޑުން
ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ 02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.


އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މައުލޫމަތު ސާފުކުރަން ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
ފޯން: 6560009

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

21 ޖޫން 2026

21 ޖޫން 2026