މަސައްކަތް
ނަންބަރު: (IUL)30-G/1/2016/2
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 25 ޖަނަވަރީ 2016 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ލޭބަލް ޕްރިންޓް ކުރުމަށް

ލޭބަލް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ގއ.ގެމަނަފުށި ކޯޕަރޭޓިވް ސޮސައިޓީގެ އުފެއްދުންތަކާއި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ އުފެއްދުންތަކުގެ ލޭބަލް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަންބަރު IUL)30-G/1/2015/138) ގެދަށުން ލިބިފައިވާ އަންދާސީހިސާބުތައް މައުލޫމާތު ފުރިހަމަނުވާތީ ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.  

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު 1 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން) އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު 3341836 އަށް ގުއްޅުއްވުން އެދެމެވެ.

8 ރަބީޢުލްއާޚިރު 1437

19 ޖަނަވަރީ 2016