މަސައްކަތް
ނަންބަރު: (IUL)IM/1/2016/3
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 24 ޖަނަވަރީ 2016 11:00
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
އެލްމިނިއަމް ދޮރެއް ބެހެއްޓުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގައި އެލްމިނިއަމް ދޮރެއް ބެހެއްޓުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)IM/1/2015/38) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ މިއިޢުލާން ބާޠިލުކޮށް، މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

19 ޖަނަވަރީ 2016