ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)473-HR/473/2026/46
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 20:52
ސުންގަޑި: 25 ޖޫން 2026 13:30
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، ކަލްޗަރ އެންޑް ހެރިޓޭޖް

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ ޖެނެރަލް، ކަލްޗަރ އެންޑް ހެރިޓޭޖް

މަޤާމުގެ ނަންބަރު:

J-437034

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 10 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކަލްޗަރަލް ޑިޕާޓްމަންޓް/ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މާލެ

މުސާރަ:

މަހަކު  18,280.00ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 10,465.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 285.00 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވުޒާރާގެ އިވެންޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  2. ގައުމީ މުނާސަބަތުތައް ފާހަގަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  3. ޤައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރާ އެކިއެކި ރަސްމިއްޔާތުތަކުގެ ތެރެއިން މި މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތައް ފާހަގަ ކުރުމާއި، ޤައުމީ އިޙްތިފާލުތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
  4. ރަސްމިއްޔާތުތަކަށް ތައްޔާރުވުމުގެ ގޮތުން އަހަރުތެރޭގައި ފާހަގަ ކުރާނެ ދުވަސްތައްކަޑައަޅާ، އެދުވަސްތަކާގުޅިގެން ހިންގާނެ ހަރަކާތްތަކެއް ކަނޑައަޅާ އެހަރާތްތައް ކުރިއަށް ގެންދާނެގޮތުގެ ޕްރޮގްރާމެއް އެކުލަވާލުން.
  5. ދިވެހީންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތު ދިރުވުމާއި، ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން އުޅޭ އެކުވެރި އަޚުވަންތަ މުޖުތަމަޢެއް ބިނާކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތަކާ ރާވާ ހިންގާނެ ތަފާތު ޕްރޮގްރާމްތައް އެކުލަވާލުން
  6. ޒިންމާދާރު ރައްޔިތުން ބިނާކޮށް ހެޅުންތެރިކަން އިތުރުކުރުމަށް ހިންގާ ޓްރެއިނިނގްތަކާއި އަމާންވެއްޓެއް ޤާއިމުކުރުމަށް އަތޮޅުތަކުގައާއި މާލޭގައި ހިންގާނެ ވޯކްޝޮޕް / ސެމިނަރ ރާވާ އެކުލަވާލުން.
  7. ދިވެހި ޒުވާނުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް ޒުވާން ލީޑަރުން ބިނާކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާނެ ފޯރަމްތައް / ޙަރަކާތްތައް އެކުލަވާލުން.
  8. ވަކިވަކި ރަސްމިއްޔާތުތަކާގުޅިގެން ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވާ، ހިންގަންޖެހޭ މުއާމަލާތްތައް ހިންގާ ވިލަރެސްކުރުން.
  9. ރަސްމިއްޔާތުތައް ހިނގަމުންދާއިރު ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުން
  10. ސުޕަރވައިޒް ކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސިވިލް ސަރވިސް ގަވާއިދާއި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވެރުބެލުމުގެ އުޞޫލާ އެއްގޮތަށް ގަވާއިދުން ކުރުން.
  11. ޑިޕާޓްމަންޓަށް ބޭނުންވާ ބަޖެޓް އެކުލަވާލުން
  12. އަހަރީ ރިޕޯޓަށް އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުވުމާއި އަދި ދުވަހުން ދުވަހަށް ސެކްޝަން/ ޔުނިޓުން ކުރެވުނު މަސައްކަތުގެ ޔައުމިއްޔާއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ

 3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އާކިއޮލޮޖީ އޮފް ބިލްޑިންގްސް  
  • ކިއުރޭޓިންގ  
  • އެޕްލައިޑް މިއުޒިއަމް ސްޓަޑީޒް  
  • އާކިއޮލޮޖިކަލް ޕްރެކްޓިސް  
  • އާކިއޮލޮޖިކަލް ރިސަރޗް  
  • އާކިއޮލޮޖިކަލް ސައިންސް  
  • އާކިއޮލޮޖިކަލް ސަޓަޑީޒް  
  • އާކިއޮލޮޖީ  
  • އާކިއޮލޮޖީ އެންޑް ހެރިޓޭޖް  
  • އާކިޓެކްޗަރަލް އިންޖީނިއަރިންގ  
  • އާކިޓެކްޗަރަލް ސައިންސް  
  • އާކިޓެކްޗަރަލް ސްޓަޑީޒް  
  • އާކިޓެކްޗަރަލް ޓެކްނޯލޮޖީ  
  • އާކިޓެކްޗަރ  
  • އާޓް ގެލަރީ އެންޑް މިއުޒިއަމް ސްޓަޑީޒް  
  • އާރް ހިސްްޓްެެރީ އެންޑް ކިއުރޭޓިންގ  
  • އާޓް ހިސްޓްރީ އެންޑް ކިއުރޭޓޯޝިޕް  
  • އާޓް ހިސްޓްރީ އެންޑް މިއުޒިއަމް ކިއުރޭޓިންގ  
  • އާޓް ހިސްޓްރީ އެންޑް ވިޝުއަލް ކަލްޗަރ  
  • ބަޔޯ އާކިއޮލޮޖީ  
  • ބިލްޑިންގ އިންޖިނިއަރިންގ  
  • ސިވިލް އިންޖިނިއަރިންގ  
  • ކޮމްޕިއުޓޭޝަނަލް އާކިއޮލޮޖީ  
  • ކޮންޒަރވޭޝަން އެންޑް ކަލްޗަރަލް ހެރިޓޭޖް  
  • ކޮންޒަރވޭޝަން އެންޑް ޕްރިޒަރވޭޝަން ސްޓަޑީޒް  
  • ކޮންޒަރވޭޝަން އެންޑް ރެސްޓޮރޭޝަން އޮފް ކަލްޗަރަލް ހެރިޓޭޖް  
  • ކޮންޒަރވޭޝަން ފޮރ އާކިއޮލޮޖީ އެންޑް މިއުޒިއަމްސް  
  • ކޮންޒަރވޭޝަން މެނޭޖްމަންޓް އޮފް ކަލްޗަރަލް ހެރިޓޭޖް  
  • ކޮންޒަރވޭޝަން އޮފް އާކިޓެކްޗުރަލް ހެރިޓޭޖް  
  • ކޮންޒަވޭޝަން އޮފް ހިސްޓޯރިކަލް ބިލްޑިންގްސް  
  • ކޮންޒަރވޭޝަން ސްޓަޑީޒް  
  • ކޮންސްޓްރަކްޝަން އިންޖިނިއަރިންގ  
  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓް  
  • ކޮންޓެމްޕަރަރީ ކިއުރޭޝަން  
  • ކޮންޓެމްޕަރަރީ ހިސްޓްރީ  
  • ކަލްޗަރަލް އެންޑް އާޓްސް މެނޭޖްމަންޓް  
  • ކަލްޗަރަލް އެންތްރޮޕޮލޮޖީ  
  • ކަލްޗަރަލް އާކިއޮލޮޖީ  
  • ކަލްޗަރަލް ހެރިޓޭޖް މެނޭޖްމަންޓް  
  • ކަލްޗަރަލް ސްޓަޑީޒް  
  • ކިއުރޭޓިންގ އެންޑް ކަލެކްޝަންސް  
  • ކިއުރޭޓިންގ ސައިންސް  
  • ކިއުރޭޝަން  
  • ކިއުރޭޓޯރިއަލް ޕްރެކްޓިސް  
  • ކިއުރޭޓަލް ސްޓަޑީޒް  
  • ދިވެހި ބަސް  
  • ދިވެހި ލެންގްއޭޖް  
  • ދިވެހި ލެންގްއޭޖް އެންޑް ކަލްޗަރ  
  • ޑިޖިޓަލް އާކިއޮލޮޖީ  
  • ޑިޖިޓަލް ކަލްޗަރަލް ހެރިޓޭޖް  
  • ޑިޖިޓަލް ކިއުރޭޝަން  
  • ޑިޖިޓަލް ހެރިޓޭޖް  
  • އިންޖިނިއަރިންގ ޓެކްނޯލޮޖީ  
  • އެންވަޔަރަންމަންޓަލް އާކިއޮލޮޖީ  
  • އެކްސްޕެރިމެންޓަލް އާކިއޮލޮޖީ  
  • ފީލްޑް އާކިއޮލޮޖީ  
  • ފިލްމު ކިއުރޭޝަން އެންޑް އެގްޒިބިޝަން  
  • ފިލްމް ޕްރޮގްރާމިންގ އެންޑް ކިއުރެޓިންގ  
  • ފޮރެކްސިކް އާކިއޮލޮޖީ  
  • ގެލަރީ އެންޑް މިއުޒިއަމް މެނޭޖްމަންޓް  
  • ޖިއޯ އާކިއޮލޮޖީ  
  • ހެރިޓޭޖް  
  • ހެރިޓޭޖް ކޮންޒަރވޭޝަން  
  • ހެރިޓޭޖް މެނޭޖްމަންޓް  
  • ހިސްޓޯރިކް ޕްރިޒަރވޭޝަން  
  • ހިސްޓޮރިކަލް އާކިއޮލޮޖީ  
  • ހިސްޓޮރިކަލް ސައިންސަސް  
  • ހިސްޓްރީ  
  • ހިސްޓްރީ އެންޑް ކަލްޗަރަލް ހެރިޓޭޖަސް  
  • ހިސްޓްރީ އެންޑް ކަލްޗަރ  
  • ހިސްޓްރީ އެންޑް މިއުޒިއަމް ސްޓަޑީޒް  
  • އިންޑަސްޓްރިއަލް އާކިއޮލޮޖީ  
  • ލޭންޑްސްކޭޕް އާކިއޮލޮޖީ  
  • މެރިޓައިމް އާކިއޮލޮޖީ  
  • މޮޑަރން ހިސްޓްެރީ  
  • މިއުޒިއަމް އެންޑް އާޓިފެކްޓް ސްޓަޑީޒް  
  • މިއުޒިއަމް އެންޑް ކްލެސިކަލް ސްޓަޑީޒް  
  • މިއުޒިއަމް އެންޑް ކިއުރޭޓޯރިއަލް ޕްރެކްޓިސް  
  • މިއުޒިއަމް އެންޑް ފީލްޑް ސްޓަޑީޒް  
  • މިއުޒިއަމް އެންޑް ގެލަރީ ސްޓަޑީޒް  
  • މިއުޒިއަމް އެންޑް ހެރިޓޭޖް ސްޓަޑީޒް  
  • މިއުޒިއަމް އެޑިއުކޭޝަން  
  • މިއުޒިއަމް ސްޓަޑީޒް  
  • ޕޮލިޓިކަލް ހިސްޓްރީ  
  • ޕްރޮޖެކްޓް ޑިވެލޮޕްމަންޓް  
  • ޕްރޮޖެކްޓް އިންޖިނިއަރިންގ  
  • ޕްރޮޖެކްޓް މެނޭޖްމަންޓް  
  • ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް  
  • ޕަބްލިކް އާކިއޮލޮޖީ  
  • ޕަބްލިކް ހިސްޓްރީ  
  • ރިލިޖަން އެންޑް ކަލްޗަރަލް ހެރިޓޭޖް  
  • ރެސްޓޮރޭޝަން އެންޑް ކޮންޒަރވޭޝަން  
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ  
  • ވަރލްޑް ހެރިޓޭޖް ކޮންޒަރވޭޝަން  
  • ވަރލްޑް ހެރިޓޭޖް މެނޭޖްމަންޓް އެންޑް ކޮންޒަރވޭޝަން  
  • ރިޓްން އާކިއޮލޮޖީ  
  • ރިޓްން ހިސްޓޮރިކަލް ހެރިޓޭޖް  
  • ޒޫ އާކިއޮލޮޖީ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އާސާރީ ތަކެއްޗާއި ތަންތަން ބެލެހެއްޓުމާއި އާބާތުރަ ފިލުވުމުގެ މަސައްކަތްތަކާއި ސަގާފީ ތަރިކަ އާ ގުޅުންހުރި މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 25 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 2026 މެއި 30 ޖޫން 2026 ޖުލައި 30 އާ ދެމެދު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7226046 ނުވަތަ 3036904 /3036905 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                        03 މުޙައްރަމް 1448
                         18 ޖޫން 2026
18 ޖޫން 2026