ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)ASMH-Procure/ASMH/2026/72
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 02 ޖުލައި 2026 11:00
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް މެޝިނަރީޒް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން

 (IUL)ASMH-Procure/ASMH/2026/72 

 

އިޢުލާން

 

މެޑިކަލް މެޝިނަރީޒް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން

ޑރ. އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ދޭ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ހޮސްޕިޓަލަށް ބޭނުންވާ ޕޯޓަބަލް އެކްސްރޭ އަދި ހޭންޑް ހެލްޑް ސްކޭންމެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 18 ޖޫން 2026 އިން 22 ޖޫން 2026 ވަނަދުވަހުގެ 13:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާއި ގުޅޭ އިތުރުމަޢުލޫމާތު ބިޑުގައި ރަޖިސްޓްރީކުރާ ފަރާތްތަކާއި ޙިއްސާކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން: 30 ޖޫން 2026، 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި  6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  02 ޖުލައި 2026، 11:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

18 ޖޫން 2026