ދިވެހިރާއްޖެ
2026 ޖުލައި މަހުގެ 01 ވަނަ ދުވަހުން ފެށިގެން ފ. ނިލަންދޫ ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ އެކި އެކި މަސައްކަތްތަކަށާއި، ކުނީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރުމަށްޓަކައި 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ޕިކަޕެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބުސައިޓުން، ފޭސްބުކު ޕޭޖު އަދި ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2026 ޖޫން 18 ވަނަ ދުވަހުން ފެށިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ އިތުރުން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2026 ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން : www.faafnilandhoo.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. ނިލަންދޫ ކުނިގޮނޑަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދިނުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑިއިރުކުރިން އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަންވާނެއެވެ. މިމަސައްކަތް ހަވާލުކުރުމުގައި އިސްކަންދޭނީ އަގަށާއި އަދި އެންމެ ރަނގަޅު ހުށައެޅުމަކަށެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 މުޙައްރަމް 1448
18 ޖޫން 2026