ދިވެހިރާއްޖެ
|
ނީލަން ކިޔުން |
|
|
މި ކުންފުނީގައި ހުރި ބައުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ. |
|
|
ތަކެތީގެ ތަފްޞީލް: |
C-MARK Digital conference system |
|
ނީލަން ފެށޭ އަގު: |
54,317.50ރ (ފަންސާސް ހަތަރު ހާސް ތިންސަތޭކަ ސަތާރަ ރުފިޔާ ފަންސާސް ލާރި) |
|
ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު: |
500.00ރ (ފަސް ސަތޭކަ ރުފިޔާ) |
|
މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން: |
2026 ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ 11:15 ގައި |
|
ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން: |
ޑިޕޮސިޓް ފައިސާގެ ގޮތުގައި /-2،500ރ (ދެހާސް ފަސްސަތޭކަ ރުފިޔާ) ސްޓެލްކޯގެ ބޭންކް އެކައުންޓް ނަންބަރު: 001-100078-7704 (ބޭންކް އޮފް މޯލްޑިވްސް) އަށް ޖަމާކުރެއްވުމަށްފަހު، ފޯނު ނަންބަރު: 7325332 އަށް ޕޭމަންޓް ސްލިޕް ވައިބަރ ކުރެއްވުން. |
|
ޑިޕޮސިޓް ބަލައިގަތުން: |
2026 ޖޫން 21 ވާ އާދީއްތަ ދުވަހުގެ 10:00 – 14:00 ނިޔަލަށް، 14:00 ގެ ފަހުން ފޮނުވާ އެއްވެސް ފައިސާއެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. |
|
އަގު ހުށަހަޅާނެ ތާރީޚް: |
2026 ޖޫން 22 ވާ ހޯމަ ދުވަހުގެ 11:15 ގައި |
|
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި: |
ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ. |
|
ތަކެތި ހުރި ތަން: |
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ / ހެޑް އޮފީސް |
|
މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން: |
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ / ހެޑް އޮފީސް |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 7325332 /3338150 އަށެވެ. |
|
ނޯޓް: މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޑިޕޮސިޓް ފައިސާ ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ދައްކަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އިޢުލާނާއި ގުޅިގެން ދައްކަވާ ޑިޕޮސިޓް ފައިސާ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނަމަވެސް އަގު ހުށައެޅުމަށް ދީފައިވާ ފުރުޞަތުގައި އަގު ހުށައެޅުއްވުމަށް ފަހު، ހުށައެޅުން އަނބުރާ ނަގާ ނުވަތަ ހުށައެޅުން ބާޠިލު ކުރިނަމަވެސް، ޑިޕޮސިޓް ފައިސާ އަނބުރާ ރައްދުނުކުރެވޭނެއެވެ. ނީލަމަށް އަގު ހުށައަޅާއިރު ހުށައަޅާ އަގަކީ އެފަރާތުން ހުށައަޅާ ފައިނަލް އަގު ކަމުގައި ބެލެވޭނެއެވެ.
|
|
|
02 މުޙައްރަމް 1448 17 ޖޫން 2026 |
|