ދިވެހިރާއްޖެ
ފ. ނިލަންދޫ ރަށްވަށައި މަގު ހެދުމަށްޓަކައި ފ. ނިލަންދޫ ސަލާމް މިސްކިތު އުތުރުން އިންދާފައި ހުރި ނުފޯދޭ ކުދި ރުއްތަކުގެ އެއްގަމުން ފެށިގެން ފ. ނިލަންދޫ މުރިނގު ގޯތީ އަތިރީ ގޮނޑާއި ދޭތެރޭ އެއްގަމު ހުރި ރުއްގަސް ނަގައި ބިން ސާފްކުރަން ބޭނުންވެއެވެ. އެ ސަރަޙައްދުގައި ހުރި ރުއްގަހުގައި މިކައުންސިލުން ވާނީ ރަތްކުލައިގެ ދަވާދުން 171 އިން 286 ދެމެދުގެ ނަންބަރު ޖަހާފައެވެ.
ވީމާ، މިސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ނުވަތަ ގަހެއް ހުރިނަމަ އެތަކެތީގައި ޖަހާފައިވާ ނަންބަރާއި އަދި އެއީ ކޮންފަރާތެއްގެ ރުކެއް ނުވަތަ ގަހެއްކަން އެނގޭނޭ ގޮތަށް 2026 ޖޫން 29 ވަނަ ދުވަހު އޮފީސް ބަންދުކުރުމުގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިތާރީޚުގެ ފަހުން އެސަރަޙައްދުގައި ހުރި ރުއްގަސް ނަގައި ބިންސާފްކުރުމުގެ މަސައްކަތް ފެށޭނެ ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.
02 މުޙައްރަމް 1448
17 ޖޫން 2026