ކުއްޔަށް ދިނުން
ނަންބަރު: (IUL)319/319/2026/26
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 25 ޖޫން 2026 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރުން

                     ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރުން

  މި ރަށު ރައްޔިތުންގެ ރުއްގަސް، އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް 2 (ދޭއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރަމެވެ.

  • ރުއްތަކުގެ ޢަދަދު: 36
  • ބަނބުކެޔޮގަސްތަކުގެ ޢަދަދު: 04

  ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓަރ ކުރުން

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 ޖޫން 22 ވާ ހޯމަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected]އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މައުލޫމާތު ދިނުން

- މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.  އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2026 ޖޫން 22 ވާ ހޯމަދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

- މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަގު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ޖޫން 25 ވާ ބުރާސްފަތިދުވަހު 11:00ގައިއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ގަޑި ޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަސައްކަތް ހަވާލުކުރުމުގައި ޕްއިންޓް ދޭނެ އުސޫލު

ހުށަހަޅާ އަގު: % 100

 

އިތުރު މައުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

17 ޖޫން 2026