ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: 331/331/2026/32(IUL)
އިޢުލާން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު، ޤާނޫނު ނަންބަރު: 2010/7 އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ( ހ.ބ ) ގައިވާ ގޮތުގެމަތީން ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ދަފްތަރެއް ބެލެހެއްޓުމަކީ މިކައުންސިލަށް މަތިކޮށްފައިވާ ޒިންމާއެކެވެ.
ވީމާ، ބިދޭސީންގެ ދަފުތަރު އެކުލަވާލުމަށްޓަކައި، މިރަށުގައި ދިރިއުޅޭ އެންމެހައި ބިދޭސީންގެ ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު 30 ޖޫން 2026 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އާއި 12:00 ދެމެދު މިއިދާރާއަށް ހުށަހެޅުމަށް އަންގަމެވެ.
1- ވާރކްޕާމިޓް ކާޑުގެ ކޮޕީ
2- ބިދޭސީމީހާ ގެންގުޅޭ ފަރާތުގެ ނުވަތަ އެމްޕްލޯޔަރގެ ނަމާއި، އެޑްރެސް އަދި ފޯން ނަމްބަރު
އަދި ދަންނަވަމެވެ. ބިދޭސީން އަލަށް ރަށަށްގެންނަ ފަރާތްތަކުންނާއި، ރަށުން ފުރުވާލާ ފަރާތްތަކުންވެސް ބިދޭސީމީހާ ރަށަށް ގެންނަތާ އަދި ފުރުވާލާތާ، ރަސްމީ 3 ދުވަހުގެތެރޭގައި އެމީހާއާއި ބެހޭ މަޢުލޫމާތު މިކައުންސިލަށް އަންގަންވާނެއެވެ. މިގޮތަށް މަޢުލޫމަތު ނުދެއްވާ، ބިދޭސީން ގެންގުޅޭނަމަ އެފަރާތެއްގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާ އަކަށް ފޮނުވާނެކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.