ވަޒީފާގެ ފުރުޞަތު
ނަންބަރު: MPBA/IUL/2026/1001
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 24 ޖޫން 2026 14:00
މޯލްޑިވްސް ޕޫލް - ބިލިޔާޑް އެސޯސިއޭޝަން
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް

މޯލްޑިވްސް ޕޫލް ބިލިއާރޑް އެސޯސިއޭޝަން
ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

 


މަޤާމް :ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ އަދަދު :1

17 ޖޫން 2026

ތާރީޚް

 

MPBA/IUL/2026/1001

އިޢުލާނު ނަންބަރު:

 

 

ސެކްރެޓަރީ ޖެނެރަލް

މަޤާމު

01 (އެކެއް)

ބޭނުންވާ ޢަދަދު

ނޭޝަނަލް ބިލިއާރޑް ސެންޓަރ

މަސައްކަތް ކުރާނެތަން

ހެނދުނު 9.00 – ހަވީރު 4.00

ރޭގަނޑު 9.00 – 11.00

ރަސްމީގަޑިއާއި ނުރަސްމީ ގަޑި

މަސައްކަތުގެ ވަގުތު

 

 

މަސައްކަތުގެ ފެންވަރަށް ރިޢާޔަތްކޮށް އައުކުރެވޭ ގޮތަށް

މަޤާމުގެ މުއްދަތު

 

 

  1. މުސާރަ: 20,000.00 ރުފިޔާ

މުސާރައާއި ޢިނާޔަތްތައް

1. ތަޢުލީމާއި ތަޖުރިބާގެ ޝަރުޠު

1.1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ދައުލަތުގެ، ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއް (އިންޓަރގަވަރންމެންޓަލް ނުވަތަ އެނޫން) ގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،

1.2.    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ދައުލަތުގެ، ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއް (އިންޓަރގަވަރންމެންޓަލް ނުވަތަ އެނޫން) ގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

- ތަޢުލީމީ ސަނަދު ވާންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ސަނަދަކަށެވެ..

- މަޤާމުގެ މަސައްކަތުގެ ދާއިރާގެ ތަޖުރިބާ ގުނުމުގައި ބަލާނީ، ސީނިއަރ މެނޭޖްމަންޓް އަދި އޮފީހުގެ ސިޔާސަތު ކަނޑައެޅުމުގެ ޒިންމާ އަދާކުރި މަޤާމެއްގެ ތަޖުރިބާ ލިބިފައިވުމަށެވެ.

- ތަޢުލީމީ ޝަރުތުކަމުގައި ބަލާނީ މަތީގައި ބަޔާންކޮށްފައިވާ ދެ ޝަރުތުގައި ހިމެނޭ ތަޢުލީމީ ސަނަދުގެ ތެރެއިން އެންމެ މައްޗަށް ހާސިލްކޮށްފައިވާ ސަނަދަކަށެވެ.

 

ޝަރުޠު

 

 2. ޢުމުރުން 18 އަހަރު ފުރިފައިވުން،

 

  2.1 އިސްލާމީ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތްހެދުން އަދި ޚިޔާނާތްފަދަ ބޮޑު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛

 

  2.2 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

 

  2.3 ކޮރަޕްޝަނުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން އަދި، އެފަދަ ތަޙުޤީޤަކުން ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހެއްކަމުގައި ނުވުން؛

 

އިތުރު އަސާސީ ޝަރުޠު

 

 

މި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް ތިރީގައި އެވަނީއެވެ.

1. ބިޒްނަސް މެނޭޖްމަންޓް؛

2. ބިޒްނަސް އެޑްމިނިސްޓްރޭޝަން؛

3. ހިއުމަން ރިސޯސަސް މެނޭޖްމަންޓް؛

4. އެކައުންޓިންގ/ފައިނޭންސް؛

5. ސްޕޯރޓްސް މެނޭޖްމެންޓް؛

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ

 

ތިރީގައިވާކަންކަން ހިމެނޭގޮތަށް، ގަވާއިދާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތީން  ހިންގުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތަކެވެ.

1. އިދާރީގޮތުން ހިންގުމަށް ބޭނުންވާ ކަންކަން އެކުލަވާލައި، ހިންގާކޮމިޓީގެ ލަފަޔާާއި، އިރުޝާދު އަދި ނިންމުންތަކާއި އެއްގޮތަށް ހިންގުން؛

2. ދުރު، މެދު އަދި ކުރު ރާސްތާގެ މަޝްރޫޢުތައް (މުބާރާތް، ނެޝަނަލް ޓީމް، ޔޫތު ޑެވެލޮޕްމެންޓް، އޮފީސް ޓްރެއިނިންގތައް) އެކުލަވާލުމާއި، އެމަޝްރޫޢުތައް ހިންގައި ބެލެހެއްޓުން؛

3. ހިންގުމާއި ގުޅުންހުރި އިދާރާތަކާއި މުއާމަލާތްކޮށް ކަނޑައެޅިފައިވާ ލިޔެކިއުން އަދި ހިސާބުތަށް ތާރީޚުތަކަށް ހުށަހަޅައި ހިންގުން؛

4. ހިންގުމަށް ބޭނުންވާ އިދާރީ އޮނިގަނޑުތައް އެކުލަވާލައި، އެއްބަސްވުންތައް އެކުލަވާލުމާއި، ރިޕޯރޓް ހުށަހެޅުން އަދި ލިޔެކިއުންތައް ބެލެހެއްޓުން؛

5. މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާއިދުތަކާއި އުޞޫލުތައް ތައްޔާރުކޮށް ފާސްކުރުމާއި ތަންފީޒުކޮށް ބެލެހެއްޓުން؛

 

6. އަހަރީ އާންމު ޖަލްސާއަށް ތައްޔާރުވުމާއި، ބަޖެޓް އެކުލަވާލުން، އަހަރީ ރިޕޯރޓަށް އަދި އޯޑިޓްއަށްބޭނުންވާ އެންމެހާކަންކަން ކަނޑައެޅިފައިވާވަގުތަށް ނިންމައި އިދާރާތަކަށް ހުށަހެޅުން؛

7. ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތަކަށް ބަޖެޓް ހޯދުން، މުވައްޒަފުންނާއި ޚިދުމަތްދޭ ފަރާތްތަކަށް ދޭންޖެހޭ މުސާރަ އަދި އަގު ދިނުމުގެ އިންތިޒާމު ހަމަޖެއްސުން؛

8. ދިރާސާއާއިއެކު، ބެސްޓްޕްރެކްޓިސްތައް ބަލައި، ޓެކްނޮލޮޖީއާއިއެކު ހިންގުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތަށް ތަންފީޒުކުރުން؛

 

9. ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، މުބާރާތްތަކާއި، ޓްރޭނިންގ އަދި އޮފިޝަލުން ތަމްރީންކުރެވޭނެ ޕްރޮގްރާމްތައް ހޯދުމާއި ފުރުޞަތުތަކަށް މަގުފަހި ކުރުން؛

 

10. ޔޫތު ޑެވެލޮޕްމެންޓް ޕްރޮގްރާމަތައް ރާވައި ހިންގުން އަދި ސްކޫލްތައް މެދުގައި މުބާރާތް ބޭއްވުމަށް ބޭނުންކަންކަން ތަންފީޒުކުރުން؛

 

11. މާރކެޓިންގއަށް ބޭނުންވާކަންކަން ހިންގުމާއި، މުބާރާތްތައް ބޭއްވުމާއި ބައިނަލްއަގްވާމީ މުބާރާތްތަކަށް ދިޔުމަށް ކުރަންޖެހޭ އެންމެހާކަންކަން ރޭވުން، ހިންގުން އަދި ސޯޝަލް މީޑިއާ މެނެޖްމެންޓްއަށް ބޭނުންވާކަންކަން ހިންގުން؛

 

12. އެސޯސިއޭޝަންގެ އެހެން ކްލަބްހައުސްތައް ހިންގުމަށް ބޭނުންވާކަންކަން ރާވައި ހިންގުން؛

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

 1. މޯލްޑިވްސް ޕޫލްބިލިއާރޑް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއައެދިސިޓީ؛

 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ދެފުށް؛

3. މަޤާމަށް އެދޭފަރާތުގެ ސީވީ؛ ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)؛

4. ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

5.1   ތަޢުލީމީ ސަނަދުގެ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ) ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

5.2  ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހައި ސޮއިކޮށްފައިވުން؛

6. ލިބިފައިވާ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ؛ ( ތަޖުރިބާ ލިބިފައިވާކަން ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، ކުރި މަސައްކަތް، ވަޒީފާ އަދާކުރި މުއްދަތާއި، އިސްވެރިއެއްގެ ރެފެރެންސް އަދި ގުޅޭނެ ނަމްބަރު ހިމެނުން)،

 7. އިތުރަށް ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ؛ (މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް އަދި ފުރިހަމަކޮށްފައިވާ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ)،

8. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް ތިރީގައި މިވަނީއެވެ. 

1. ތަޢުލީމީ ފެންވަރު %30    

2. ހިންގުމުގެ ތަޖުރިބާ %20

3. އިންޓަރވިއު %20

4. ގުޅުންހުރި ތަމްރީނު 

5. ޕްރެޒެންޓޭޝަން %20

 

 

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު

 

 

24 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

 

 

ސުންގަޑި

 

1. ވަޒީފާއަށްއެދި ސިޓީ (ހުށަހަޅަންޖެހޭ ލިޔުންތަކާއެކު) ހުށަހަޅާނީ އީމެއިލްއަށެވެ.

 2. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުން އެންމެ މަތިން ޕޮއިންޓްލިބޭ ފަރާތަށް ޕްރެޒެންޓޭޝަން އަދި އިންޓަރވިއު ކުރިއަށް ގެންދެވޭނެއެވެ.

3. އެޕްލިކޭޝަންގައި ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވާނަމަ އެއެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3307843

އީމެއިލް:[email protected]

 

 

17 ޖޫން 2026