ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422/422/2026/22
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 24 ޖޫން 2026 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުމާއި ގުޅޭ

ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީވާ އުސޫލުން ނިންމާ ނިންމުންތަކެއް ކަމުގައި ވެގެން ދިއުމަށް ލާމަރުކަޒީ ޤާނޫނުން (ޤާނޫނު ނަންބަރ 7/2010) ލާޒިމް ކުރެއެވެ. އެހެންކަމުން ފިޔޯރީ ކައުންސިލަށް އިންތިޚާބު ކުރެވުނު 5 ވަނަ ދައުރުގެ ކައުންސިލަށް ލަފާދޭނެ 7 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައިވާތީވެ، ކައުންސިލަށް ލަފާދޭ ކޮމިޓީއަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

  ވީމާ، މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ވަނަވަރު (ސީ.ވީ) އެނގޭ ލިޔުމަކާއިއެކު 2026 ޖޫން 24 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއިން މި އިދާރާއަށް ހުށަހެޅުމަށް ދަންނެވެމީވެ.

ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖޫން 2026