ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2026/16
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:56
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ވަކިކުރަން އެންގުން

މިރަށުގެ ކުނިކޮށްޓަކީ ވަރަށް ތަރުތީބުކަމާއިއެކު ބަލަހައްޓަމުންދާ ކުނިކޮށްޓެކެވެ. އަދި ކުނި ނައްތާލުމުގެ މަސައްކަތް އަވަސްވެ، ލުއިވަނީ ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމެއް އެކަމުގައި ކައުންސިލަށާއި ކުނިކޮށި ބަލަހައްޓާ މުވައްޒަފުންނަށް ލިބޭތީއެވެ. ނަމަވެސް، މިހާރަކަށް އައިސް ރަށުގެ މުއައްޞަސާތަކާއި ހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކާއި ބައެއް ޢާއްމު ރައްޔިތުން، ކުނި ވަކިނުކޮށް ކުނިކޮށްޓަށް ގެންދާކަންވަނީ ކައުންސިލަށް ފާހަގަކުރެވިފައެވެ. އެހެންކަމުން، ކުނިކޮށްޓަށް ކުނި ގެންދިއުމުގައި ޕްލާސްޓިކާއި ދަގަނޑާއި، ބިއްލޫރި ކުނި، ވަކިކޮށްގެން ގެންދިއުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ޖޫން 2026