ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)435-A1/435/2016/02
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:06
ސުންގަޑި: 28 ޖަނަވަރީ 2016 13:00
ޑްރަގް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމުގެ ރޭންކް:

 އެލް.އެސް 2

ބޭނުންވާ އަދަދު

1 (އެކެއް)

ސެކްޝަން/ޔުނިޓް:

ކޭސް ރެޖިސްޓްރޭޝަން ސެކްޝަން / ޝަރުޢީ ސެކްޝަން

މަސައްކަތްކުރަންޖެހޭ ތަން:

ޑްރަގް ކޯޓު، ކ. މާލެ

އަސާސީ މުސާރަ:

-/9،412 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް -/3,000 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު:

ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ޑިގްރީއެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

މައިގަނޑު މަސައްކަތް:

1- ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ، ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކެއްކަން ކަށަވަރުކޮށް، އެ މައްސަލަތައް ބަލައިގަނެ، ރަޖިސްޓްރީކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ރަޖިސްޓްރަރއަށް އެހީތެރިކަން ފޯރުކޮށްދިނުން.

2- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ރަޖިސްޓްރަރގެ އިރުޝާދުގެދަށުން ފިޔަވަޅުއެޅުން.

3- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުން.

4- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަންފެންނަ ބަދަލުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓުގެ އިސް ޤާޟީގެ މަޝްވަރާގެމަތިން ކުރުން.

5- ކޯޓުން ނެރޭ ސަރކިއުލަރ އާންމު ސިޓީ ފަދަ ލިޔުންތައް ޑްރާފްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފޮނުވުން.

6- ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޑްރަގް ކޯޓާ ގުޅޭ ޝަރުޢީ މުހިންމު ނިންމުންތައް ދިރާސާކޮށް ހޯދައި ޤާޟީންނަށް އެރުވުން.

7- ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޑްރާފްޓްކުރުން.

8- ކޯޓުން ހަދާ ޤަވާއިދުތަކާއި އުސޫލުތައް ޑްރާފްޓްކޮށް އެކުލަވައިލުމުގެ މަސައްކަތް ކުރުން.

9- ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން.

10-  މައްސަލަތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.

11- މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމާއި، ޤާޟީންނަށް އެހީތެރިވެދިނުން.

12- ޤާޟީންގެ ލަފަޔާއި މަޝްވަރާގެމަތިން ސެކްޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.drugcourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް (އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި:

2016 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް:

ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ 3018556 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

11 ރަބީޢުލްއާޚިރު 1437

21 ޖަނަވަރީ 2016