ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2016/12
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 20 ޖަނަވަރީ 2016 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް) 

ވަޒީފާގެ ދާއިރާ:       

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/10,150ރ. އާއި -/20,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ފަސްޓް ޑިގްރީއެއް ހާސިލުކޮށްފައިވުން

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ވަގުތީ އަދި ދާއިމީ ކަރަންޓަށް އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް ކަންތައް ރާވައި ހިންގުން.
  • ކަރަންޓް ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚިދުމަތްދިނުމާއި ދިމާވާ މައްސަލަތައް ބަލައި ކަސްޓަމަރުންނަށް ވީހާވެސް ލުއި އަދި އަވަސްކޮށް ޚިދުމަތް ފޯރުކޮށްދިނުމާއި ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން.
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގައި ބޭނުންކުރެވޭ ތަކެތި ގަތުމަށް ބޭނުންވާ ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި ބޭނުންކުރެވޭ ތަކެތީގެ ފެންވަރު ބަލައި މޮނިޓަރ ކުރުން.
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގެ ޕްރޮސީޖަރތައް ތައްޔާރުކުރުން.
  • ވައިރުޓެސްޓް ކުރުމާއި މީޓަރ ޓެސްޓް ކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  • ލޯވޯލްޓޭޖް ޕެނަލް ޑިޒައިން ކުރުމާއި ޓެސްޓް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

 20 ޖަނަވަރީ 2016 ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 20 ޖަނަވަރީ 2016 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

03 ރަބީޢުލްއާޚިރު 1437

 

13 ޖަނަވަރީ 2016