ޢާންމު މަޢުލޫމާތު
ނަންބަރު: MNU-CA-PAMD/AM/2026/09
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 16:50
ސުންގަޑި: 29 ޖޫން 2026 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެލްނަސް ސެންޓަރު ހިންގައި ބެލެހެއްޓުމަށް ޓަކައި، އެކަމަށް ޤާބިލު ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސެލިންގ ޚިދުމަތްދޭ ފަންނީ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާން - އިޞްލާޙް 1

އިޞްލާޙް-1
އިއުލާން ނަންބަރު MNU-CA-PAMD/2026/67
އިއުލާނުގެ ތާރީޚް 09 ޖޫން 2026
ބީލަމުގެ ނަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެލްނަސް ސެންޓަރު ހިންގައި ބެލެހެއްޓުމަށް ޓަކައި، އެކަމަށް ޤާބިލު ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސެލިންގ ޚިދުމަތްދޭ ފަންނީ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާން


މި ޔުނިވަރސިޓީން 09 ޖޫން 2026 ގައި ކުރި ނަންބަރު: MNU-CA-PAMD/2026/67 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެލްނަސް ސެންޓަރު ހިންގައި ބެލެހެއްޓުމަށް ޓަކައި، އެކަމަށް ޤާބިލު ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސެލިންގ ޚިދުމަތްދޭ ފަންނީ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާން) އިއުލާނު ކުރި ފަހުން، މި އިޢުލާންގެ ސެކްޝަން 3 (މަސައްކަތާއި ގުޅޭ މަޢުލޫމާތު) އަށް ވަނީ ބަދަލު ގެނެވިފައެވެ.

1. އިޢުލާނާއެކު ހިމަނާފައިވާ "ވެލްނެސް ސެންޓަރަށް ޔުނިވަރސިޓީގެ ފަރާތުން ފޯރުކޮށްދޭ ތަކެތީގެ ލިސްޓް" އަށް ވަނީ ބަދަލު ގެނެވިފައެވެ. ވީމާ، މި ތަނަށް ޔުނިވަރސިޓީން ފޯރުކޮށްދޭ ތަކެއްޗާއި މަސައްކަތާއި ހަވާލުވާ ފަރާތުން ހޯދަންޖެހޭ ތަކެތީގެ ލިސްޓެއް އަދާހަމަކޮށް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
2. ބަދަލުވި މަޢުލޫމާތު ކަރުދާސް މި އިޞްލާޙާއި އެއްހީރަސްކުރެވިފައިވާނެއެވެ. ބަދަލު ކުރެވިފައިވާ ލިސްޓްގެ ސުރުހީ ރަތް ކުލައިން ފާހަގަކޮށްފައިވާނެއެވެ.
3. މިނޫން، އެއްވެސް މަޢުލޫމާތެއް ނުވަތަ ބަދަލެއް މި އިޢުލާނަށް ގެނެވިފައެއް ނުވެއެވެ.

މިހެންވެ، މަޢުލޫމާތަށް ޓަކައި މިވާހަކަ ދެންނެވީމެވެ.


15 ޖޫން 2026

15 ޖޫން 2026