ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އަތޮޅުތެރޭގައި ހިންގާ ކޯސްތަކުގައްޔާއި އަތޮޅުތެރޭގައި ހިންގާ މި މަރުކަޒުގެ ގޮފިތަކުގައި ހިންގާ ކޯސްތަކުގައި ކިޔަވައި ދެއްވާނެ ރިސޯސް މުދައްރިސުން ހޯދުމަށް ކުރި ނަންބަރު: (IUL)160-A/1/2016/04 އިޢުލާނުގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ފިނޭ، ނޭކުރެންދޫ، ނޮޅިވަރަން، ނ. މަނަދޫ، ރ. އަލިފުށި، މާކުރަތު، ދުވާފަރު، ބ. ހިތާދޫ، ޅ. ނައިފަރު، ކ. ކާށިދޫ، ދިއްފުށި، އދ. މާމިގިލި، ހަންޏާމީދޫ، މ. މުލައް، މަޑުއްވަރީ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ލ. ގަން، ކުނަހަންދޫ، ފޮނަދޫ، މާވަށް، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ. މަރަދޫ އެވެ.
މުސާރަ: އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/100 ރުފިޔާ
އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ 8ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/150 ރުފިޔާ
އެމް. ކިޔު. އޭ ލެވެލް 9 ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ
ޝަރުޠު: ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓް ކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަށެވެ.
6 މަސްދުވަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.
ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މުދައްރިސުން ހޮވުމުގައި ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށުގައި ދިރިއުޅުއްވާ ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
07 ރަބީޢުލްއާޚިރު 1437