ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO/I/2016/02
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 25 ޖަނަވަރީ 2016 23:59
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕަބްލިކް ރިލޭޝަންސް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

މަޤާމް :ޕަބްލިކް ރިލޭޝަންސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ނަންބަރު MPAO/I/2015/48-ފ216 (07 ޑިސެންބަރު 2015) އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު:         ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:    1

މުސާރަ:        -/10,000ރ

އެލަވަންސް:     ނޮން ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން -/3،500ރ އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި -/50ރ މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ.  

ފެންވަރު ނުވަތަ ޝަރުޠު:

  1. ޕަބްލިކް ރިލޭޝަންސް, މާސް ކޮމިޔުނިކޭޝަން، މާކެޓިންގ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.
  2. މިޑްލް މެނޭޖްމަންޓް ލެވެލްގައި، ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންސް އަދި ކޮމްޕިއުޓަރ ގްރެފިކްސް ސޮފްޓްވެއަރ (އެޑޯބީ ފޮޓޯޝޮޕް، އިންޑިޒައިން ފަދަ ސޮފްޓްވެއަރ) ބޭނުންކުރަން ރަނގަޅަށް އެނގުން. މިދާއިރާއިން ތަމްރީނު ލިބި ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި މަޤާމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އަދި، ދަންނަވަމެވެ. މި އޮފީހުގެ ނަންބަރު MPAO/I/2015/48-ފ216 (07 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން މަތީގައި ބަޔާންކޮށްފައިވާ މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން މި އިޢުލާނާ ގުޅިގެން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. މި އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް މީހަކު ހޮވުމުގައި އެފަރާތްތަކުން ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތަކަށްވެސް ރިޢާޔަތް ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 1441

ފެކްސް: 3307759

އީމެއިލް: [email protected]

18 ޖަނަވަރީ 2016