ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)456-ESMSC/456/2026/12
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 25 ޖޫން 2026 00:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ލ.ކަލައިދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިޢުލާނު ނަންބަރު (IUL)456-ESMSC/456/2024/66 :އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަޤުތީ ލިސްޓް އާންމުކުރުމާއި، ލިސްޓަށް ޝަކުވާހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިކައުންސިލްގެ ނަންބަރ (IUL)456-ESMSC/456/2024/66 (12 ނޮވެމްބަރ 2024) އިއުލާނާއި ގުޅިގެން ކަލައިދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވަގުތީ ލިސްޓަށް ޝަކުވާއެއް ހުށަހަޅަން ބޭނުންފުޅުވެލައްވާނަމަ 25 ޖޫން 2026 ވާ ( ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓް މިއިޢުލާނާއެކު އާންމުކުރީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖޫން 2026