މަގާމު: ޑިރެކްޓަރ- ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް
|
ބޭނުންވާ އަދަދު: 01 (އެކެއް)
|
ކުލެސިފިކޭޝަން: EX1
|
އަސާސީ މުސާރަ: -/8,835ރ
|
ސަރވިސް އެލަވަންސް: -/2,000ރ
|
ނޮންޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
:މަޤާމުގެ ޝަރުޠުތައް
|
މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމާއި ގުޅޭ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، މަގާމާއި ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، މަގާމާއި ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، މަގާމާއި ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
|
- ޕްލޭނިންގ އަދި ޕްރޮޖެކްޓް ޔުނިޓް ބެލެހެއްޓުމާއި ދެޔުނިޓްގެ މަސައްކަތުގެ ދާއިރާއިން މެނޭޖީރިއަލް ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
- ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ގުޅުން ބަދަހިކޮށް ދެމެހެއްޓުމުގެ ގޮތުން ކުރާ އެންމެހައި މުޢާމަލާތްތައް ވިލަރެސްކޮށް އެފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރުން.
- ސަރުކާރާއި އެހީދޭ ފަރާތްތަކުން ހިންގާ މަޝްރޫއުތަކާއި ޕްލޭންތައް އެކުލަވައިލުމުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ހިމެނުމަށް އެހީތެރިވުމާއި ބާރު އެޅުމުގެ ގޮތުން އެފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ލާމަރުކަޒީ ނިޒާމު ހިންގުމާއި އެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އޮނިގަނޑުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވައިލުން.
- އެލް.ޖީ.އޭގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި ވާރކްޝޮޕްތަކާއި އަދި ކައުންސިލްތައް މޮނިޓަރ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- އޮފީހުން ކުރިޔަށް އޮތް އަހަރަށް ކަނޑައަޅާ ޕްރޮގުރާމްތަކަށް ލަފާކުރާ ބަޖެޓާއި މަސައްކަތުގެ ތާވަލު ތައްޔާރުކުރުން.
- ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
|
އުޖޫރަޔާއި ޢިނާޔަތްތައް
|
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/4,000 (ހަތަރު ހާސް) ރުފިޔާ ދެވޭނެއެވެ.
|
މަތީގައިވާ މަގާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން
|
- މަތީގައިވާ މަގާމަށް މީހަކު ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ، ނުވަތަ މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބޭ ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
- ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަގާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
- ޕޮލިސް ރިޕޯޓު (މުއްދަތު ހަމަނުވާ)
|
ސުންގަޑި
|
- މި މަގާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 25 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 15:00 ށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައި ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
- އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013115 އަދި 3006724 ން ސާފުވާނެއެވެ.
|