ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2026/58
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 18 ޖޫން 2026 12:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބާއިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތަކީ މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ދުވަހެއްގައި އަދި އެއް ގަޑިއެއްގައި ކުރިއަށްދާނެ ވަރަށް ފޯރިގަދަ ޤައުމީ ހަރަކާތެކެވެ.

މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް މިނިސްޓްރީން ހުށަހަޅާފައިވާ ފައިސާގެ އިނާމުތަކަކީ:

  • 1 ވަނަ ޓީމަށް -/30000 ރުފިޔާ
  • 2 ވަނަ ޓީމަށް -/25000 ރުފިޔާ
  • 3 ވަނަ ޓީމަށް -/20000 ރުފިޔާ
  • އެންމެ ބަރުމަސް ބޭނި ފަރާތަކަށް -/5000 ރުފިޔާ

މުބާރާތް އޮންނާނީ 19 ޖޫން 2026 ވާ ހުކުރު ދުވަހުގެ 15:00 އިން 21:00 އަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް އަޙްމަދު ޝިފާއު (9888523) އާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހަޅުއްވައި، މި މުބާރާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.

އެންލައިން ފޯމް:  2026 ފަރުމަސްވެރިކަމުގެ މުބާރާތް – Fill out form

ޤަވާއިދު:https://shorturl.at/RHUs5

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖޫން 2026