ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)160-A/1/2016/0913
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި:
21 ޖަނަވަރީ 2016 11:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޓަޑީ ޗެއަރ ހޯދުމަށް
އިޢުލާން
ސްޓަޑީ ޗެއަރ ހޯދުމަށް
މި މަރުކަޒަށް 150 ސްޓަޑީ ޗެއަރ ހޯދުމަށް ބޭނުންވެއެވެ. މި ސްޓަޑީ ޗެއަރ ވާންޖެހޭނީ ގޮނޑީގެ އަތްގަނޑުގައި ލެއްޕޭގޮތަށް ރައިޓިންގ ޓޭބަލް ހަރުކުރެވިފައި ހުންނަ ކަހަލަ ގޮނޑި އަކަށެވެ.
ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ހާޒިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދޭ ދުވަހު ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 26 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައެވެ.
04 ރަބީޢުލްއާޚިރު 1437
14 ޖަނަވަރީ 2016