ދިވެހިރާއްޖެ
ނަންބަރު:258/258/2026/47(IUL)
އިޢުލާން
ހަނިމާދޫ ފުއްޓަރު ސަރަޙައްދުގައި ޓީ ޖެޓީއެއް (މަސްވެރިކަމަށް ހާއްސަ ޖެޓީ) އެޅުމަށްޓަކައި ސާރވޭކޮށް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ހދ. ހަނިމާދޫ ފުއްޓަރު ސަރަހައްދުގައި ޓީ ޖެޓީއެއް (މަސްވެރިމަށް ހާއްސަ ޖެޓީ) އެޅުމަށްޓަކައި ސާރވޭކޮށް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން ކުރެއްވުން އެދެމެވެ.
ލިންކް: (IUL)258/258/2026/47 – Fill in form
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
މަޢުލޫމާތު ސާފުކުރުން |
14 ޖޫން 2026 އިން ފެށިގެން 21 ޖޫން 2026 ގެ ނިޔަލަށް |
21 ޖޫން 2026 ވާ އާދީއްތަ ދުވަހު 11:30ގެ ކުރިން އޮންލައިންކޮށް |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
30 ޖޫން 2026 (އަންގާރަ) |
ހެނދުނު 11:30 / ހަނިމާދޫ ކައުންސިލް މީޓިންރޫމ |
- ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
28 ޛުލްޙިއްޖާ 1447
14 ޖޫން 2026