މުބާރާތް
ނަންބަރު: (IUL)259/2026/38
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 17 ޖޫން 2026 13:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު

މިއަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި ރަށު ކައުންސިލް ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 19 ޖޫން 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 15:00 އިން ރޭގަނޑު 21:00 އަށް ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުން ވަނަވަނައަށް ހޮވޭ ޓީމުތަކަށާއި އެންމެ ބަރު މަސް ބާނާ ފަރާތަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމުތައް ތިރީގައި މިވަނީއެވެ. މި މުބާރާތުގެ ވަނަތަށް ހޮވަން ހަމަޖެހިފައިވަނީ މުޅި ރާއްޖެއިން ބައިވެރިވާ ޓީމުތަކުގެ މެދުގައެވެ.

 

01 ވަނަ ޓީމަށް 30000.00 ރުފިޔާގެ ފައިސާގެ އިނާމް

02 ވަނަ ޓީމަށް 25000.00 ރުފިޔާގެ ފައިސާގެ އިނާމް

03 ވަނަ ޓީމަށް 20000.00 ރުފިޔާގެ ފައިސާގެ އިނާމް

އެންމެ ބަރުމަސް ބޭނި ފަރާތަށް 5000.00 ރުފިޔާގެ އިނާމް

 

މި މަސްރޭހުގައި ބައިވެރިވާ ޓީމްތަކުން ޓީމް ލިސްޓް ހެދުމަށްފަހު 17 ޖޫން 2026 ވާ ބުދަ  ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އަދި މިމުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖެއިން ބައިވެރިވާ ޓީމު ތަކުގެ މެދުގައެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ގަޑީގައި ނަމަ 6520027 އަދި ނުރަސްމީ ގަޑިތަކުގައިނަމަ (7467508) ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޙަސަން ރަޝީދު އާއި ގުޅުއްވުން އެދެމެވެ.

 

ގޫގުލް ފޯމު ލިންކް: https://forms.gle/3QNL5diGZrLWfMD2A

14 ޖޫން 2026