ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ލޯންޗް "މަތިފަޅު" ގައި އަޅާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން.
މިއިދާރާގެ ލޯންޗް "މަތިފަޅު" ގައި އަޅާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
އިންޖީނުގެ މަޢުލޫމާތު.
- 2 އިންޖީނު ޔަމަހާ އައުޓްބޯޑު 200 ހޯސްޕަވަރ 4 ސްޓްރޯކް
- އެޅިފަހުން ވީ މުއްދަތު: 7 އަހަރު
- އިންޖީނު އޯވަރހޯލް ކުރި ތާރީޚު: 10 ޖޫން 2012
- އޯވަރހޯލަށްފަހު ބޭނުންކުރި މުއްދަތު: 880 ގަޑިއިރު
- މިހާރުގެ ހާލަތު ނުދުއްވާތާ 1 އަހަރު ވުމުގެ ސަބަބުން ސްޓާޓްކުރަން ދަތިވުމާއި، ސްޕީޑް ނުލިބުން.
- 2 އިންޖީނު ހުންނާނީ އެމް. ޓީ. ސީ. ސީ ތިލަފުށީ ސައިޓުގައެވެ. އިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން އެސައިޓަށް ވަޑައިގެން 7612483 އަށް ގުޅުއްވުމުން ބެއްލެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
ފެށޭ އަގު:
2 އިންޖީނުގެ ނީލަން ފެށޭ އަގަކީ -/50000ރ (ފަންސާސްހާސް) ރުފިޔާއެވެ. އަގަށް އިތުރު ކުރެވޭނީ މަދުވެގެން -/5،000 (ފަސްހާސް) ރުފިޔާ.
ނީލަން ފަށާ ތާރީޚު: 19 ޖަނަވަރީ 2016 ނިންމާ ތާރީޚު: 11 ފެބުރުވަރީ 2016 ދުވަހުގެ ރޭ 00:00 އެވެ.
ވީމާ، މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިނީލަން ކިއުމަށް ތައްޔާރު ކުރެވިފައިވާ "ނީލަން ކިއުމުގެ އުސޫލު" ގައިވާ ގޮތުގެމަތިން ނީލަމުގައި ބައިވެރިވެލައްވަމުން ގެންދެވުން އެދެމެވެ.
މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ކިއުމުގެ އުސޫލުގައިވާ ނަމޫނާ ސިޓީއާ އެއްގޮތަށް ސިޓީލިޔުއްވައި ފޮނުއްވާނީ މިއިދާރާގެ އީމެއިލް: [email protected] އަށް ނުވަތަ މިއިދާރާގެ 6720017 ނަންބަރު ފެކްސްއަށެވެ.
ނީލަން ކިއުމުގެ އުސޫލު މިއިދާރާގެ ވެބްސައިޓް www.meem.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.
ހުށަހަޅުއްވާ އަގުތައް ޢާންމުކުރުން
ނީލަމަށް ހުށަހަޅަމުންދާ އަގުތައް ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެމަތިން މިއިދާރާގެ ވެބްސައިޓް: www.meem.gov.mv ގައި ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާފައިވާ އެންމެ މަތީއަގު ފެންނާނެހެން ޝާއިޢު ކުރެވިފައި ހުންނާނެއެވެ.
ނީލަން ނިންމަން ކަނޑައަޅާފައިވާ ތާރީޚުގައި ހުށަހަޅުއްވާފައިވާ އެންމެމަތީ އަގަކީ އެކަށީގެންވާ އަގެއްނަމަ އެއަގު ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
04 ރަބީޢުލްއާޚިރު 1437