ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/37
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި:
16 ޖޫން 2026 20:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުޓުސަލް ޓީމުގައި ބައިވެރިވުމަށް އެދި ނަން ނޯޓު ކުރުމުގެ ފުރުޞަތު
ހދ. ނޮޅިވަރަންފަރު ކައުންސިލުގެ އިދާރާއިން އިންތިޒާމުކޮށްގެން 17 ޖުލައި 2026 ގައި ފިރިހެނުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް، މި ރަށުގެ 01 (އެކެއް) ޓީމަށް ،އެ ކައުންސިލުން ވަނީ ދަޢުވަތު ދެއްވާފައެވެ. މި މުބާރާތުގައި ކައުންސިލުގެ ނަމުގައި ޓީމެއް ބައިވެރިވުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ މި މުބާރާތުގައި ކައުންސިލުގެ ނަމުގައި ބައިވެރިވާ ޓީމަށް ކުޅެން ބޭނުންވާ އުމުރުން 14 އަހަރު ފުރިފައިވާ ފަރާތްތަކުން 16 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ، ބައިވެރިވާން ބޭނުންވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ (ޕީޑީއެފް ފައިލް) އެއް ނުވަތަ ސާފު ފޮޓޯއެއް މި އިދާރާގެ ނަންބަރު 9788710 އަށް ވައިބަރ މެދުވެރިކޮށް ފޮނުވައިދެއްވުން އެދެމެވެ.
14 ޖޫން 2026