ވަޒީފާގެ ފުރުޞަތު
ނަންބަރު: HR-MPL/IUL/2026/88
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 18 ޖޫން 2026 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މެނޭޖަރ – ޓްރޭނިންގް އެންޑް ޑިވެލޮޕްމަންޓް

 ވަޒީފާގެ ފުރުޞަތު  

މަޤާމް : 

ސީނިއަރ މެނޭޖަރ – ޓްރޭނިންގް އެންޑް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު:  

1 ( އެކެއް ) 

މުސާރައާއި އެލަވަންސް: 

  1. މުސާރަ: މަހަކު -/10,000 ރުފިޔާ (ދިހަހާސް ރުފިޔާ) 
  2. ސަރވިސް އެލަވަންސް: މަހަކު -/4,500 ރުފިޔާ (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) 
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 

އޮފީސް : 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: 

  1. ހިއުމަން ރިސޯސަސް ދާއިރާއިން ނުވަތަ ބިޒިނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ފާހެއް އޮތުމާއެކު ހިއުމަން ރިސޯސަސް ދާއިރާގައި އަމަލީ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

ހިއުމަން ރިސޯސަސް ދާއިރާއިން ނުވަތަ ބިޒިނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ފާހެއް އޮތުމާއެކު ހިއުމަން ރިސޯސަސް ދާއިރާގައި 5 އަހަރުދުވަހުގެ އަމަލީ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު  މަސްޢޫލިއްޔަތު 

  1. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ދާއިރާގައި މަސައްކަތްކުރުން.
  2. ޕާރފޯރމަންސް އެޕްރައިސަލް ސިސްޓަމް ހަރުދަނާކޮށް ތަންފީޒުކުރުމުގެ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 

  • ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމުގެ އިތުރުން ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓް އަދި ޕާރފޯރމަންސް އެޕްރައިސަލްއާ ގުޅޭގޮތުން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ޕްރެޒެންޓޭޝަން ސްކިލްސް ހުރުމާއި އިން-ހައުސް ޓްރޭނިންގ ޕްރޮގްރާމްތައް ރާވައި ހިންގައި ޑެލިވަރ ކުރުމުގެ ހުނަރު ލިބިފައިވުން.
  • ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
  • އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން.
  • ވިސްނުންތެރިކަމާއެކު ބުރަކޮށް މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
  • އިތުރު ގަޑީގައި މަސައްކަތްކުރަން ޖެހޭ ޙާލަތްތަކުގައިވެސް މަސައްކަތަށް ވަގުތުދެވޭ ފަރާތަކަށްވުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ކުރެވޭ އިންޓަރވިއު އިން ފާސްވުން.

ރަސްމީ މަސައްކަތު ގަޑި:  

  • ހެނދުނު 08:00 އިން ހަވީރު 15:00 އަށް    

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް 

  1. ވަޒީފާއަށް އެދޭ  ފޯމް 
  2. ވަނަވަރު (ސީވީ) 
  3. އައިޑީކާޑުގެ ކޮޕީ 
  4. ތަޢުލީމީ ސެޓްފިކެޓުތައް (އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)   
  5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)   

** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:  

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2026 ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން،[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2026 ޖޫން 18 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަވިއު:  

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

ވަޒީފާއަށް އެދޭނެ ގޮތް: 

 

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ. 

https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:  

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894  ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
14 ޖޫން 2026