ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)357-Me357/357/2026/49
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 18 ޖޫން 2026 12:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ މަޝްވަރާ ކޮމިޓީ އެކުލަވާލުން

ޤާނޫނު ނަންބަރު: 07/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ) ގެ ދަށުން، ކައުންސިލަށް ލިބިފައިވާ ބާރުގެދަށުން ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ރައްޔިތުންނާއި ގުޅުންހުރި މުހިއްމު ނިންމުންތައް ނިންމުމުގެ ކުރިން ހިޔާލާއި، ލަފާ ހޯދުމަށް ބޭނުންވާތީ، މަޝްވަރާ ކޮމިޓީއެއް ނެގުމަށް ކައުންސިލްގެ ފަސްވަނަ ދައުރުގެ 2 ވަނަ ޖަލްސާއިން ނިންމާފައިވާތީ، މިކޮމިޓީގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން އިއުލާނާއިއެކު އާއްމުކޮށްފައިވާ ގޫގުލް ފޯރމް ފުރިހަމަކޮށް 5 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުން އެދެމެވެ. އަދި ގޫގުލް ފޯރމް ފުރުއްވުމަށް ދަތިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

14 ޖޫން 2026