ދިވެހިރާއްޖެ
|
އިޢުލާން |
އުމުރާއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ކައުންސިލުގެ ފަރާތުން ފޮނުވާ 2 ބޭފުޅުން އުމުރާއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)300-EC/300/2026/20 (07 ޖޫން 2026) އިޢުލާންއަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައިނުވާތީ އަލުން އިޢުލާންކުރަމެވެ. މިގޮތުން ދެވޭނެ ޚިދުމަތްތަކުގެ ތަފްޞީލް ހުށަހަޅަންވާނެއެވެ. އަދި އަގުގެ ތެރޭގައި ދެވޭ ޚިދުމަތާއި އަގުގެ ބޭރުން ދެވޭ ޚިދުމަތް ވަކީން އެނގޭގޮތަށް ހުށަހެޅުއްވުން އެދެމެވެ. ޢުމުރާއަށް ގެންދަން ބޭނުންވަނީ މިއަހަރު ޑިސެންބަރު ޢުމުރާއަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަސްގެތީމު ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ރަޖިސްޓްރީ ކުރުން |
14 ޖޫން 2026 އިން 22 ޖޫން 2026 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު ފަހު 13:00 އަށް ރަޖިސްޓްރީވުމަށް ރަސްގެތީމު ކައުންސިލް އިދާރާގެ މެއިލް އެ އެޑްރެސް: [email protected] އަށް މެއިލް ކޮށްގެނެވެ. |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
22 ޖޫން 2026 ވާ ހޯމަ ދުވަހުގެ 13:15 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
|
އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
02 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.