ދިވެހިރާއްޖެ
މަސްބަންދު ކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ވަގުތީ ބިން ދޫކުރުމާއި ގުޅޭ
މި ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 03 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވާ ގޮތަށް ފެނަކަ ބިލެތްދޫ ބުރާންޗްގެ އިރުމަތިން މަސްބަނދުކޮށްގެން ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ކުލީބިން ދޫކުރުމަށް ވަނީ ނިންމާފައެވެ.
ވީމާ، ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި ޕްރީ ބިޑް މީޓިންގް އޮންނާނީ 22 ޖޫން 2026 ވާ ހޯމަ ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ބިލެތްދޫ ކައުންސިލް އިދާރާގެ މީޓިން ހޯލްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިން ހޯލްގައެވެ.
މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ މިއިދާރާގައި ނަންނޯޓް ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ދިނުމުގެ ޝެޝަން ގައި ބައިވެރި ވުމަށް 500/-ރ (ފައްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރީފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައި ގަތުމާއި ބީލަމުގައި ރަޖިސްޓްރީވުން ކުރިއަށްދާނީ 13 ޖޫން 2026 އިން 21 ޖޫން 2026 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް މި ކައުންސިލް އިންނެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " މަސްބަންދުކޮށްގެން ވިޔަފާރި ކުރާ ވަގުތީބިމަށް އެދި ހުށައަޅާ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ބީލަންހުށަހަޅާފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާރޑް ކޮޕީ ހުށަހަޅަން ވާނެއެވެ.
ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:
- މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
- ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް
- މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު