މަސައްކަތް
ނަންބަރު: (IUL)GS08/2016/07
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 24 ޖަނަވަރީ 2016 11:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އައްސޭރި ބިމުގެ ވަށާފާރު ރޭނުމަށް

އިޢުލާން

މިމަރުކަޒުގެ އައްސޭރި ބިމުގެ ވަށާފާރު ރޭނުމަށް ބޭނުންވެއްޖެއެވެ.

މިމަރުކަޒުގެ ކޮމިއުނިޓީ އައްސޭރި ބިމުގެ ވަށާފާރު ރޭނުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމައްފަހު 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމައްފަހު އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

މިކަމާ ގުޅިގެން ކުރިން ކުރެވުނު އިޢުލާން ނަންބަރު: IUL)GS08/2015/39) ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

1 ރަބީޢުލްއާޚިރު 1437

11 ޖަނަވަރީ 2016