މަސައްކަތް
ނަންބަރު: 994/IUL/2026/19
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި:
25 ޖޫން 2026 11:00
ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ. އަތޮޅު ތަޢުލީމީ މަރުކަޒަށް އެކްޓިވިޓީ ޔުނީފޯމާއި ދަރިވަރުންގެ ޓައީ ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން
ކ. އަތޮޅު ތަޢުލީމީ މަރުކަޒަށް އެކްޓިވިޓީ ޔުނީފޯމާއި ދަރިވަރުންގެ ޓައީ ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން
- މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއި ދަރިވަރުންގެ ޓައީ ފަހައިދީ ވިއްކާނެ ދެފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ އެކްޓިވިޓީ ޔުނީފޯމް ފަހާ ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ޖޫން 11 އިން 18 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ރަޖިސްޓްރީ ފޯމް ގެ ލިންކު: https://forms.gle/xvTEuTbfTuk4U5uz6
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026ޖޫން 21 ވަނަ ދުވަހުގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖޫން 25 ވަނަ ދުވަހު 11:00 ގައި ކ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކ. އަތޮޅު ތަޢުލީމީ މަރުކަޒު
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
11 ޖޫން 2026