މަސައްކަތް
ނަންބަރު: TENDER/AS/2016/001
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 25 ޖަނަވަރީ 2016 10:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފީހުގެ އިންޓީރިއަރ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އޮފީހުގެ އިންޓީރިއަރ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު TENDER/AS/2015/034 އަށް ހުށަހަޅާފައިވާ އަގުތައް ބޮޑުވުމުގެ ސަބަބުން، އެ އިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް ކުރިމަތިލުމަށް އެދި އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖަނަވަރީ 20 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖަނަވަރީ 25 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޮޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]      ވެބްސައިޓް: www.aasandha.mv

ފޯން: 3011418 960+           ފެކްސް: 30113636 960+

14 ޖަނަވަރީ 2016