ދިވެހިރާއްޖެ
މި މިނިސްޓްރީން ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ގެނެސްފައިވާ މޫދު ކޮށިތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ނެރެގެން ކ. މަނިޔަފުއްޓަށް ގެންގޮސް ބަހައްޓާ ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339239, 3322625 އަދި 3339279 ނަންބަރު ފޯނަށެވެ.