ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2026/19
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 30 ޖޫން 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތައް ސާފުކުރުން

ރަށުގެ ހޭޅިފަށާއި ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަކީ ރަށުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ފަރުދީ ޒިންމާއެއް ކަމުގައިވާހިނދު، މިރަށުގެ މަގުތަކާއި ގޯޅިތައް އަދި ހޭޅިމަތި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި، އެބައަކު ދިރިއުޅޭ ގޭގެ މަގުމައްޗާއި ގޯޅިފަދަ ތަންތަން ކުނިކަހައި ވިނަނޮޅައި ސާފުކުރުމަށާއި އަދި މަގުމައްޗަށް ވާގޮތަށް ހައްދާފައިވާ ގަސްގަހާގެހީގެ ގޮފިތައް (ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް) އުނދަގޫ ނުވާ ވަރަށް 15 ފޫޓަށް ކޮށައި، 30 ޖުލައި 2026 ވަނަ ދުވަހުގެ މަގުމަތި ސާފުކޮށްދެއްވުން އެދެމެވެ.
މަތީގައި ދަންނަވާފައިވާ މުއްދަތުގެ ތެރޭގައި މަގުމައްޗަށް ވާގޮތަށް ހައްދާފައިވާ ގަސްގަހާގެހީގެ ގޮފިތައް ކަނޑައި މަގުތައް ސާފު ނުކުރާ ފަރާތްތަކާއިމެދު ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ފިޔަވަޅު އެޅެމުން ގެންދެވޭނެ ކަމުގައި ދަންނަވަމެވެ. މިފަދަ ކަންކަމުގައި އަބަދުވެސް ތިޔަ ލޮބުވެތި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖޫން 2026